ރައީސްއާއި ބައްދަލުކުރެއްވުމަށްފަހު ސަޢުދު ވިދާލުވީ ވިލިނގިލި-ކޫއްޑޫ ބްރިޖު ހަގީގަތަކަށް ވާނެކަމަށް

ރައީސްއާއި ބައްދަލުކުރެއްވުމަށްފަހު ސަޢުދު ވިދާލުވީ ވިލިނގިލި-ކޫއްޑޫ ބްރިޖު ހަގީގަތަކަށް ވާނެކަމަށް

Author
މުޙައްމަދު ޖިމީ
08 މެއި 2022 10:24
0

ގއ.ވިލިނގިލި އަދި ކޫއްޑޫ ގުޅުވާލާ ބްރިޖު ހަގީގަތަކަށް ވާނެކަމަށް ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ވިލިނގިއްޔާއި ކޫއްޑޫ ގުޅުވާލުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ. ރައީސް ޞާލިޙާއި ބައްދަލުކުރެއްވުމަށްފަހު ސަޢުދު ވިދާޅުވީ ރައީސްއާއި ބައްދަލުވެ އެ ދާއިރާގެ ކުރަންހުރި ކަންކަމުގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށެވެ. އަދި ވިލިނގިއްޔާއި ކޫއްޑޫ ގުޅުވާލުމުގެ ހުވަފެން ހަގީގަތަކަށް ވާނެކަމަށާއި، ޤައުމު ބިނާކޮށް އާރާސްތުކުރުމަށް ރައީސް ކުރައްވާ ބުރަ މަސައްކަތްކަތްޕުޅަށް ޝުކުރު ދަންނަވާކަމަށެވެ.

ހުވަދު އަތޮޅު އުތުރުބުރީގެ ވެރިކަން ކުރާ ރަށް، ވިލިނގިލިއްޔާއި ހުވަދޫގެ އެންމެ މުހިއްމު ރަށް، ކޫއްޑޫއާ ގުޅާލުމުގެ އުއްމީދުގައި ވިލިނގިލީ ރައްޔިތުން ތިބިކަމަށް އެ ރަށުގެ ރައްޔިތުން ބުނެއެވެ.

ރައީސް ސޯލިހު ކެމްޕެއިން ތެރޭގައި ވިލިނގިއްޔަށް ކުރެއްވި ދަތުރުފުޅުގައި ބްރިޖުގެ ކޮންސެޕްޓް ކުރެހުމެއް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވަނީ އެމަނިކުފާނަށް ހުށަހަޅުއްވާފައެވެ. އަދި އެ ކޮންސެޕްޓް ޕެޕާ ޕްލޭނިން މިނިސްޓްރީއަށް ވެސް ވަނީ ހުށަހަޅާފައެވެ. އެ ކުރެހުމުގައިވާ ގޮތުން ބްރިޖު ގުޅާލަނީ ކުއްޑޫ އުތުރު ފަރާތުން ވިލިނގިލީ ދެކުނު ފަރާތު ބަނދަރު ސަރަހައްދަށްވާ މަގަށެވެ.

އެއާޕޯޓަކާ އެކު ރިސޯޓެއް ހިންގާ ރާއްޖޭގެ ފުރަތަމަ ރަށަކީ ގއ. ކޫއްޑޫއެވެ. އެ ރަށުގައި މިފްކޯގެ މަސް ކާރުހާނާއެއް ވެސް ހިންގަމުންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.