ހުޅުމާލޭގައި ކޫލްފްލައިގެ "ޑްރީމް އެސްޓީ" ޑްރޯން ދައްކާލައިފި

ހުޅުމާލޭގައި ކޫލްފްލައިގެ "ޑްރީމް އެސްޓީ" ޑްރޯން ދައްކާލައިފި

Author
އަހުމަދު
07 ނޮވެމްބަރ 2026 12:37
0

 

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް، އިންސާނުން އުފުލުމުގެ ގާބިލުކަން ހުރި ކަރަންޓުން ދުއްވާ ޑްރޯނެއް ހުޅުމާލޭގައި ދައްކާލައިފި އެވެ.

ޗައިނާގެ ކޫލްފްލައި ކުންފުނިން ތައްޔާރުކޮށްފައިވާ "ޑްރީމް އެސްޓީ" މޮޑެލްގެ އީވީޓޯލް އުޅަނދު އުދުއްސާލީ ހުކުރު ދުވަހުގެ ހަވީރު، ހުޅުމާލެ ފޭސް 1 ގެ ޗެނަލް ސަރަހައްދުގަ އެވެ. މި އުޅަނދުގައި ހުންނަނީ އެއް ސީޓެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ހަރަކާތް ހޮނިހިރު ދުވަހުގެ ހެނދުނާއި ހަވީރު ވެސް ކުރިއަށް ގެންދާނެ ކަމަށެވެ. ހެނދުނުގެ ހަރަކާތް ފަށާނީ 8:45 ގަ އެވެ.

އީވީޓޯލް (އިލެކްޓްރިކް ވާޓިކަލް ޓޭކްއޮފް އެންޑް ލޭންޑިން) އުޅަނދުތަކަކީ ކަރަންޓުން ހިންގާ، ހެލިކޮޕްޓަރެއް ފަދައިން ސީދާ މައްޗަށް ނަގާ އަދި ސީދާ ތިރިކުރެވޭ އުޅަނދުތަކެކެވެ. އަޑު މަޑު އަދި ތިމާވެށްޓަށް ގެއްލުން ކުޑަ މި ޓެކްނޮލޮޖީއަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ޗައިނާއިން ގެނެސްދީފައިވާ މުހިންމު ކުރިއެރުމެކެވެ.

ރަށްރަށް ފަތުރާލެވިފައިވާ ރާއްޖެ ފަދަ ގައުމަކަށް، މިފަދަ އުޅަނދުތަކަކީ އިމަޖެންސީ ހާލަތްތަކުގައި މީހުން ބަދަލުކުރުމާއި އަވަސް ދަތުރުފަތުރަށް ބޭނުންކުރެވިދާނެ ވަރަށް މުހިންމު ވަސީލަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.