ގއ. ކޮލަމާފުށީގައި މިރޭ ވެހުނު ބޯ ވާރޭގެ ސަބަބުން ރަށުގެ 45 ގެއަކާއި ސިއްހީ މަރުކަޒަށް ފެން ވަދެ ގެއްލުން ލިބިއްޖެއެވެ.
ފުލުހުން ބުނީ ފެން ވަދެފައިވާ ގެތަކުގެ ރައްޔިތުންނާއި އިދާރާތަކަށް އެހީތެރިވެދެމުން ދާ ކަމަށެވެ. ސިއްހީ މަރުކަޒުގައި ފެން ބޮޑުވުން ހުއްޓުވުމަށް މަސައްކަތްކުރުމާއެކު، އެކަނި ދިރިއުޅޭ މުސްކުޅި ފަރާތްތަކާއި ހާލުގައި ޖެހިފައިވާ މީހުންނަށް އަވަސް އެހީ ފޯރުކޮށްދެމުން ދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެންޑީއެމްއޭ އިން "އެކްސް"ގައި ބުނީ ފެން ވަދެ ކަރަންޓު ކެނޑުމުން ގެތަކާއި މުއައްސަސާތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. ރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން ފެން ނައްތާލުމުގެ މަސައްކަތް ކުރަމުން ދާއިރު، ރަށުގެ ތަފާތު ސަރަހައްދުތަކުން ކޯރު ކަނޑައިގެން ފެން ބޭރުކުރަމުން ދެއެވެ.
މި މަސައްކަތަށް އެހީތެރިވުމަށް އެމްއެންޑީއެފްގެ ޓީމެއް މިރޭ 9:40 ހާއިރު ކޮލަމާފުށިއަށް ގޮސް މަސައްކަތް ފަށައިފިއެވެ.
ކޮމެންޓު ފޮނުވާ