ގއ އިން ގދ އަށް ރީނދޫ ސަމާލު ނެރެފި

ގއ އިން ގދ އަށް ރީނދޫ ސަމާލު ނެރެފި

Author
އަހުމަދު
07 ނޮވެމްބަރ 2026 12:38
0

 

ގއ އަތޮޅުން ފެށިގެން ގދ އަތޮޅާ ހަމައަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.

މި ސަމާލު ނެރެފައިވަނީ މިރޭ 22:00 އިން 01:30 އާ ހަމައަށެވެ. މި ވަގުތުގައި އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

މެޓް އޮފީހުގެ ލަފާގައިވާ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެއެވެ. ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން ވެސް އެކަށީގެންވެއެވެ. އުތުރުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ވައިޖެހޭނެއެވެ. މެދުރާއްޖެއާއި ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ދެކުނާއި ހުޅަނގުދެކުނުންނެވެ. ވައިގެ ބާރުމިން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގައި ހުންނާނެއެވެ. ވިލާގަނޑުގައި ވައިގެ ބާރުމިން ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް އަރާފާނެއެވެ.

ކަނޑުތައް އާންމުކޮށް މަޑުވެފައި ހުންނާނެ ނަމަވެސް، ވިލާގަނޑުގައި ކަނޑު ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ. ރާޅުގެ އުސްމިން 2 ފޫޓާއި 5 ފޫޓާ ދެމެދުގައި ހުންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.