2019ވަނަ އަހަރު މުޅި ދުނިޔެއަށް ފެތުރެންފެށި ކޯވިޑާއި ދެކޮޅަށް ފާއިތުވި ދެ އަހަރެއްހާ ދުވަހު އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ސައުދީ އަރަބިއާއިން ބޮޑެތި ލުއިތައް ދީ، ގިނަ ފިޔަވަޅުތަކަށް އަމަލުކުރުން ހުއްޓާލައިފިއެވެ.
މީގެ ތެރޭގައި ގެއިން ބޭރުގައި އުޅޭއުޅުމުގައި މާސްކު އެޅުން މަޖުބުރު ކޮށްފައި އޮތް އޮތުމަށް ނިމުން ގަނައުމާއި، ބޭރުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުން މަޖޫބުރު ކޮށްފައޮ އޮތް އޮތުން މިހާރު ނިމުމަކަށް ގެނެސްފައިވާކަން ސައުދީ އިންޓީރިއަރ މިނިސްޓްރީން ވަނީ ހާމަ ކޮށްފައެވެ. އަދި މައްކާގެ ހަރަމްފުޅުގައި އުޅޭއިރުވެސް އަދި މަދީނާގެ އަލް މަސްޖިދުއްނަބަވީގައި ތިބޭއިރުވެސް މިހާރު ގައިދުރުކަން ބަހައްޓާކަށް ނުޖެހޭނެއެވެ.
އަދި މީގެ އިތުރުން، ސައުދީ އަރަބިއާއަށް ދަތުރުކުރާ މީހުން މިހާރު ޕީސީއާރު ޓެސްޓު ހެދުން ކުރިން މަޖޫބޫރު ކޮށްފައި އޮތް އޮތުންވެސް ނިމުމަކަށް ގެނެސް، އެއަރޕޯޓުން ހަދަން ޖެހޭ ރެޕިޑް ޓެސްޓުވެސް މިހާރުވަނީ ހަދަ ނުޖެހޭ ގޮތަށް ހަމަޖައްސާފައެވެ.
އެހެންނަމަވެސް، ސައުދީ ޕްރެސް އޭޖެންސީން ހާމަ ކޮށްފައިވާގޮތުގައި، އިމާރާތްތަކުގެ އެތެރޭގައި އުޅޭއިރު، އަދިވެސް މާސްކު އެޅުމަކީ މަޖުބޫރު ކަމެކެވެ.
އަދި މީގެ އިތުރުން ސައުދީ އަރަބިއާއަށް ދަތުރުކުރާ ފަރާތްތަކުން މިހާރު ކަރަންޓީންވުމަކީވެސް މަޖުބޫރުކަމެއް ނޫނެވެ. އެހެންނަމަވެސް ދަތުވެރީންގެ އަތުގައި ހެލްތު އިންޝޫރެންސްއެއް އޮންނާން ޖެހެއެވެ.
ފިޔަވަޅުތަކަށް ލުއި ދިނުމާއެކު، ސައުދީ އަރަބިއާއިންވަނީ ކޯވިޑާއިގުޅިގެން އެގައުމަށް ދަތުރުކުރުން މަނާކޮށްފައިވާ ގިނަ ގައުމުތަކުން މިހާރު އެގައުމަށް ދަތުރު ކުރެވޭނެކަންވެސް ހާމަކޮށްފައެވެ. މީގެ ތެރޭގައި ސައުތު އެފްރިކާ، ބޮޓްސުވާނާ، ޒެމްބިއާ، ޒިމްބާބުވޭ، ލެސޯތޯ، އެސްވަޓިނި، މޮޒަމްބީކު، މަލާވީ، މޮރިޝަސް، ޒެމްބިއާ، މަޑަގަސްކަރަ، އެންގޯލާ، ސީޝެލް، ކޮމޮރޯސް، ނައިޖިރިއާ، އިތިއޯޕިއާ އަދި އަފްއާނިސްތާން ހިމެނެއެވެ.