އަރަބިއްޔާ ސްކޫލް ހިންގަމުން އަންނަ ޢިމާރާތުގައި ރެނދުލައި ބޮޑަށް ހަލާކުވަމުން ދާތީ އެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނަށް ސްކޫލު އިމާރާތް ކުރުމަށް، ދާއިމީ ހައްލަކަށް، ހެންވޭރު ބްލޫހެވަން ހަމަޖެއްސުމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ސަރުކާރަށް ގޮވާލައިފިއެވެ.
ޢަރަބިއްޔާ ސްކޫލްގެ ޢިމާރާތުގައި ރެނދުލައިގެން ބެލެނިވެރިން އަންނަނީ ކުދިންގެ ރައްކާތެރިކަމާމެދު ސުވާލު އުފައްދާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިގޮތުން ރޭ ޢަރަބިއްޔާގެ ބެލެނިވެރިން ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. ޢަރަބިއްޔާގެ ބެލެނިވެރިން ރޭ ބޭއްވި ބައްދަލުވުމުގައި ހުރިހާ ބެލެނިވެރިން އިއްތިފާޤުވެފައިޗަބީ، ޝެއަރ ކުރާ ގޮތަށް ޢިއްޒުއްދީނުގެ އިމާރާތަށް ދަރިވަރުން ބަދަލުނުކުރުމަށެވެ. އެގޮތަށް ޝެއަރ ކުރުމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމާއި އުޅުމާއި އަޚްލާޤު އެއްކޮށް ހަލާކުވާނެ ކަމަށް ބެލެނިވެރިން ފާހަގަކުރެއެވެ.
އަރަބިއްޔާ ސްކޫލުގެ ހާލަތާއިމެދު ކަންބޮޑުވުން ފާޅު ކުރައްވައި މޭޔަރު މުއިއްޒު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ވަގުތީ ގޮތުން ނަމަވެސް ޢިއްޒުއްދީން ސްކޫލް ޝެއާ ކުރުމަކީ ޕްރެޓިކަން ކަމެއް ނޫންކަމަށެވެ. މިކަމަށް އޮތް ހައްލަކީ ހ.ބްލޫހެވަން ހަމަޖެއްސެވުން ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުއިއްޒު ވިދާޅުވިއެވެ.
ޢަރަބިއްޔާ ސްކޫލާއިމެދު ސަރުކާރުން ކަންތައްކުރަނީ ހިތާމަހުރި ގޮތަކަށް. ޢިއްޒުއްދީން ސްކޫލް ވަގުތީ ގޮތުން ވިޔަސް ޝެއަރކުރުމަކީ ޕްރެކްޓިކަލް ކަމެއްނޫން. ޢަރަބިއްޔާ ސްކޫލް ޢިމާރާތްކުރުމަށް ދާއިމީ ޙައްލެއްގެ ގޮތުގައި ހ.ބްލޫހެވަން ހަމަޖެއްސެވުމަކީ އެންމެ ރަނގަޅުގޮތް.
– މުއިއްޒު ވިދާޅުވިއެވެ.
އަރަބިއްޔާ ސްކޫލް ހިންގަމުން އަންނަ ޢިމާރާތުގައި ރެނދުލައި ބޮޑަށް ހަލާކުވަމުން ދާތީ އެ ޢިމާރާތުގެ އެސެސްމަންޓްތަކެއް ހެދުމަށް ބަޔަކާއި ހަވާލުކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަރަބިއްޔާ ސްކޫލް ޢިމާރާތުގެ ކަންކަން އެމިނިސްޓްރީން ވަރަށް ގާތުން މޮނިޓަރކުރަމުން އަންނަކަމަށެވެ. މައްސަލަ އެމިނިސްޓްރީގެ ސަމާލުކަމަށް އައުމާއި ގުޅިގެން އިންޖިނިއަރުން ލައްވާ ޢަރަބިއްޔާ ސްކޫލް ޢިމާރާތުގެ ވިޝުއަލް އިންސްޕެކްޝަނެއް ހަދާފައިވާނެކަމަށް މިނިސްޓްރީން ބުންޏެވެ.އިންސްޕެކްޝަން ރިޕޯޓުން ދައްކާގޮތުގައި ވަގުތުން ކުރަންޖެހޭ މަރާމާތުތައް އެނގޭނީ ސްޓްރަކްޗަރ އެސެސްމަންޓެއް ހަދައިގެންކަމަށާއި، އެކަމަށް 2 މަހެއްހާ ދުވަސް ނަގާނެކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
ކޮމެންޓު ފޮނުވާ