ހިޔާ ސަރަހައްދުގެ ކުނީގެ މައްސަލަ އެޗްޑީސީން ހައްލުކޮށްފި

ހިޔާ ސަރަހައްދުގެ ކުނީގެ މައްސަލަ އެޗްޑީސީން ހައްލުކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީފައި ހިޔާ ފްލެޓް ސަރަހައްދަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހައްލުކޮށްފިއެވެ.ހިޔާ ޓަވަރުގެ އެކި ސަރަޙައްދުތަކުގައި ގޭގޭގައި އުފައްދާ ކުނިވާޒާތުގެ ކުނި ބަހައްޓަމުންދާތީ، އެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯ ގުޅިގެން ވަނީ ފަށާފައެވެ.

ހިޔާ ސަރަހައްދުގައި ފްލެޓްތައް މަރާމާތުކުރުމަށްފަހު ގިނަ ޢަދަދެއްްގެ ޢިމާރާތްކުރާ ސާމާނުތައް ހުރުމުން އެސަރަހައްދުގެ ސާފްތާހިރުކަން އޮތީ ގެއްލިފައެވެ. އެހެންކަމުން އެޗްޑީސީން ވަނީ 7 ދުވަހުގެ މަސައްކަތުން މިހާތަނަށް އަޅާފައިވާ ކުނިތައް އެއްކޮށް ނަގާ ސާފުކޮށްފައެވެ. އެޗްޑީސީން ބުނީ، މަދުވެގެން ދުވާލަކު އެއްފަހަރު ކުނި ނެގުމަށް މިހާރު ވަނީ ކަނޑައަޅާފައިވާކަމަށެވެ.

އެޗްޑީސީއާއި ވެމްކޯ ގުޅިގެން މީގެ ކުރިން ވަނީ ހިޔާ ޓަވަރުތައް ހިމެނޭ 6 ސަރަޙައްދެއްގައި، ކުނިވާޒާތުގެ ކުނި އެޅުމަށް ޑަސްބިންތައް ބަހައްޓާފައެވެ. އެގޮތުން ކޮންމެ ސަރަޙައްދެއްގައި 5 ޑަސްބިނާއެކު ޖުމްލަ 30 ޑަސްބިން ވަނީ، ގޭގެއިން އުފައްދާ ކުނިވާ ޒާތުގެ ކުނި އެޅުމަށް ބަހައްޓާފައެވެ. ޑަސްބިން ބަހައްޓާފަވާ ސަރަޙައްދުތަކަކީ ހިޔާ-05، ހިޔާ-08، ހިޔާ-09، ހިޔާ-12، ހިޔާ-13 އަދި ހިޔާ-16 ޓަވަރު ހިމެނޭ ސަރަޙައްދެވެ. މި ޑަސްބިންތަކަށް އެއްކުރާ ކުނި، ވެމްކޯއިން ކޮންމެ ދުވަހަކުވެސް އުކާލާނެއެވެ. މިއީ ކުނީގެ މައްސަލަ ޙައްލުކުރުމަށް ވަގުތީގޮތުން އަޅާފައިވާ ފިޔަވަޅެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *