ކޯވިޑަށް ޕޮރިޒިޓިވްވެ ޕާކިސްތާން ނިއުކުލިއަރ ޕްރޮގްރާމްގެ ބާނީ ނިޔާވެއްޖެ

ކޯވިޑަށް ޕޮރިޒިޓިވްވެ ޕާކިސްތާން ނިއުކުލިއަރ ޕްރޮގްރާމްގެ ބާނީ ނިޔާވެއްޖެ

Author
ހުސެއިން
10 އޮކްޓޯބަރ 2021 03:49
0

ޕާކިސްތާންގެ ނިއުކުލިއަރ ޕްރޮގްރާމްގެ ބާނީ އަބުދުލް ޤަދީރު ޚާން އުމުރުން 85 އަހަރުގައި ނިޔާ ވެއްޖެއެވެ. އޭނާ ނިޔާވެފައިވަނީ، ކޯވިޑަށް ޕޮޒިޓިވްވެ، ކުރިމަތިވި ފުއްޕާމޭގެ އާލާސްކަން ފުޅެއްގައި، ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ގެންދެވުނު ފަހުންނެވެ.

ޕާކިސްތާނަކީ އިސްލާމީ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ނިއުކުލިއަރ ބާރަށް ވެގެން ދިއުމުގައި މިމަސައްކަތުގެ އެންމެ އިސްފަރާތެއްގެ ގޮތުން، ޕާކިސްތާނުގެ އެޓޮމިކް ސައިންޓިސްޓެއް ކަމުގައިވާ އަބުދުލް ޤަދީރު ޚާންއަކީ އެގައުމުގައި ބަތަލެއްގެ ލަގަބު އަރުވާފައިވާ ފަރާތެކެވެ.

އެހެންނަމަވެސް، ބައެއް ގައުމުތަކަށް ނިއުކުލިއަރ ޓެކްނޮލޮޖީ ފާރުކޮށްދޭ ކަމުގެ ތުހުމަތުގައި، ހުޅަގުގެ ގައުމުތަކުން އޭނާ ސިފަކުރަނީ ނުރައްކާތެރި މީހެއްގެ ގޮތުގައެވެ.

ޕާކިސްތާންގެ ގައުމީ ބްރޯޑްކާސްޓަރ ކަމުގައިވާ PTVއިން ރިޕޯޓު ކޮށްފައިވާގޮތުގައި، އަބުދުލް ޤަދީރު ޚާން ނިޔާވެފައިވަނީ ފުއްޕާމެއަށް ކުރިމަތިވި މައްސަލަތަކެއްގެ ސަބަބުން އިސްލާމްއާބާދުގެ KRL ހޮސްޕިޓަލަށް އޭނާ ގެންދެވުނު ފަހުންނެވެ. އަދި ކޯވިޑް އާލާސްކަންފުޅުގައި ފާއިތުވި އޮގަސްޓު މަހުވެސް އޭނާ މި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެ ފަރުވާ ދީފައިވެއެވެ.

އެހެންނަމަވެސް، އޭނާގެ ސިއްޙީ ހާލަތު ރަގަޅުވުމާއި ގުޅިގެން މީގެ ހަފްތާތަކެއް ކުރިން އޭނާ ގެއަށް ބަދަލު ކޮށްފައިވި ނަމަވެސް، އަނެއްކާވެސް އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ސިއްޙީ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން ދިއުމާ ގުޅިގެންނެވެ.

ޕާކިސްތާނުގައި ޚާން ބަލައިގެންފައިވަނީ، ނިއުލިއަރ ބާރުވެރިކަމުގެ ގޮތުން، ވާދަވެރި އިންޑިއާއި އެއް ގިންތިއަކަށް ޕާކިސްތާން ގެންގޮސްދިން ބަތަލުގެ ގޮތުގައެވެ.

އެހެންނަމަވެސް، އިރާން. ލީބިޔާ އަދި އުތުރު ކޮރެއާފަދަ ގައުމުތަކަށް ނިއުކުލިއަރ ޓެކްނޮލޮޖީ ފޯރުކޮށްދިން ކަމުގައި ތުހުމަތުގައި އޭނާ ވެގެންދިޔައީ ބައިނަލްއަގުވާމީ ގޮތުން ގިނަ ފާޑުކިޔުންތަކެއް އަމާޒްވެގެން ދިޔަ ފަރާތަކަށެވެ.

2006ވަނަ އަހަރު ޚާންއަށް ވަނީ ޕްރޮސްޓޭޓް ކެންސަރު ޖެހިވަޑައިގެންފައެވެ. އެހެންނަމަވެސް ކުރެވުނު ސާރޖަރީއަކަށްފަހު އޭނާވަނީ ޕްރޮސްޓޭޓް ކެނަސަރުން ރަގަޅުވެފައެވެ.

އޭނާ ގޭބަންދުގައި ހުރިހުރުން 2009 ވަނަ އަހަރު ކޯޓު އަމުރެއްގެ ދަށުން ނިމުމަކަށް ގެނެވުނު ނަމަވެސް، އޭނާގެ ހުރިހާ ހަރާކާތެއްވެސް ގެންދެވުނީ ފުރިހަމަޔަށް ބަލަހައްޓަމުންނެވެ. އަދި އޭނާ ގެއިން ބޭރުގައި އުޅުނު ހުރިހާ ވަގުތެއްގައިވެސް ޕާކިސްތާނުގެ އޮތޯރިޓީތަކުން ވަނީ އޭނާގެ ހަރަކާތްތައް ވަރަށް ރަގަޅަށް ބަލަހައްޓާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.