އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއެއްގައި ޖެހިގައި ނުވާނެކަމަށާއި، އެމްޑީޕީގައި މަސައްކަތް ކުރަނީ ވީހާލެއްގައި ވުމަށް ކަމަށް ހޮނިހިރު ދުވަހުގެ ބާއްވާ އެމްޑީޕީގެ ޤައުމީ މަޖިލިސް އިންތިޚާބުގައި މާލެ ސިޓީގެ ރައީސްކަމަށް ވާދަ ކުރައްވާ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ނުތުހުމަތުތަކާއި ގުޅިގެން މިއަދު ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާގެ ތުހުމަތު ކުރަނީ ވަރަށް ބޮޑު އޮޅުވާލުމެއްގެ ތެރެއިން ކަމަށެވެ. އެދުވަސްވަރަކީ ޑޮލަރު ލިބުން ދަތި ދުވަސް ވަރަކަށްވުމުން، ބޭރުން ގެންނަން ޖެހޭ މުދާތަކެއް ގެނައުމަށް ރައްޓިއްސަތު މެދުވެރިކޮށް 30،000 ޑޮލަރު މާރު ކުރި ކަމަށާއި، އެޗެކުގައި ސޮއި ކުރިއިރު އެއީ އެސްއޯއެފްގެ ޗެކެއްކަމެއް ނޭގޭކަމަށެވެ.
އޭނާ ވިދާޅުވީ އެދުވަސްވަރު މާލޭގައި އުޅުނު ހުރިހާ ވިޔަފާރިވެރިންވެސް އެސްއޯއެފްއިން ޑޮލަރު މާރުކުރި ކަމަށާއި، ނަމަވެސް އެފައިސާއަކީ އެމްއެމްޕީއާރުސީގެ ފައިސާކަމެއް އެގޭނެ އެއްވެސް މީހަކު އޭރު ނެތްކަމަށެވެ. އެފައިސާއަކީ ޚިޔާނާތުގެ ފައިސާކަން އެގޭނަމަ އެފައިސާ އެއްވެސް މީހަކު ނުނަގާނެކަމަށް އަކްރަމް ވިދާޅުވިއެވެ.
ޑޮލަރު ލިބުން ދަތި ދުވަސް ވަރަކަށް ވުމުން އަޅުގަނޑު ރައްޓިއްސަކު މެދުވެރިކޮށް 30،000 ޑޮލަރު ބޭނުންވެގެން ހޯދަން ބުނުމުން ދިނީ ޗެކެއް. ނުބަލަން އެސްއޯއެފްތޯ އެހެން ބައެއްތޯ. އަޅުގަނޑަށް ތުހުމަތު ކުރީވެސް ގޯސްކޮށް، މާލޭގައި އެދުވަސްވަރު ވިޔަފާރި ކުރި އެއްވެސް މީހަކު އަޅުގަނޑަކަށް ހިޔެއްނުވޭ އެޑޮލަރުގައި ނުޖެހި ނުހުންނާނެ ހެން.
– އަކްރަމް ވިދާޅުވިއެވެ.
އެމްޑީޕީންވަނީ އެޕާޓީގެ އެތެރޭގެ އިންތިޚާބުގައި އެސެޓް ރިކަވަރީ ކޮމިޝަނާއި، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ބަލާ މައްސަލައެއްގައި ތުހުމަތު ކުރެވޭ އެއްވެސް ބޭފުޅަކަށް ވާދަ ނުކުރެވޭނެކަމަށް ބުނެފައެވެ. މީގެ އިތުރުން އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން އޭސީސީން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައިދިނުމަށް އެދި އެކިއެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ ފަރާތްތަކަށްވެސް ވާދަ ނުކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.
ނަމަވެސް ފަހުން ވަނީ ނިންމުން ބަދަލުކޮށް، ކޮރަޕްޝަން ތުހުމަތު ކުރެވުނަސް ސާބިތުވެފައި ނުވާނަމަ ވާދަ ކުރުމުގެ ފުރުސަތު ދީފައެވެ. ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުގައި މާލެ ސިޓީ ރައީސްކަމަށް އަކްރަމްއާއި ވާދަ ކުރައްވަނީ ސިފާއެވެ.
2 Responses
އެސްއޯއެފް އަކީ ޑޮލަރ މާރުކުރާ ތަނެއް ނޫން. އަދި އެހެން ނޫނަސް، ޑޮލަރ މާރުކުރަން އެސްއޯއެފް އިން ގޮސްފަ މިހުރީ މުޅިންވެސް މި މީހުން ގާތަށް. 30 ހާސް ޑޮލަރަށް ވާ ދިވެހި ފައިސާ މީނަމެން ހޯދި ގޮތެއްވެސް ބަލަން އެބަ ޖެހޭނު. އަކުރަމެއް ކަމަކު އެކްސްޗޭންޖް ކުރި ސްލިޕް ދައްކަންވާނެ
Ragalhu sulip dhsnkanjehryne kon akurameh onnaanee thives eyge.meeheh thi raeesunna kurimathi laafa thibi dhemeehunnakeeves eygemeehun ragalhu ekakuves neh