ކޮޕް31 ގެ ހަވާސާގައި ހުޅުވި ޒީރޯ ވޭސްޓް މިއުޒިއަމަށް މެޑަމް ސާޖިދާ ޒިޔާރަތްކުރައްވައިފި

ކޮޕް31 ގެ ހަވާސާގައި ހުޅުވި ޒީރޯ ވޭސްޓް މިއުޒިއަމަށް މެޑަމް ސާޖިދާ ޒިޔާރަތްކުރައްވައިފި

Author
އަހުމަދު
13 ނޮވެމްބަރ 2026 09:44
0

 

ތުރުކީގައި ބާއްވަމުންދާ އދގެ މޫސުމީ ބަދަލުތަކާ ބެހޭ ކޮންފަރެންސް، ކޮޕް31 ގެ ހަވާސާގައި ހުޅުވި ޒީރޯ ވޭސްޓް މިއުޒިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

އާ މިއުޒިއަމުގައި ދައްކުވައިދެނީ ޒީރޯ ވޭސްޓް މޫވްމަންޓްގެ ނުވަ އަހަރުގެ ދަތުރާއި، ތުރުކީއާއި ބައިނަލްއަގްވާމީ ފެންވަރުގައި އެ މޫވްމަންޓުން ހޯދި ކާމިޔާބީތަކެވެ. އަދި ތަކެތި އުކާނުލައި އަލުން ބޭނުންކޮށް ރީސައިކަލްކޮށްގެން ކުނި ކުޑަކުރާ ސާކިއުލާ އިކޮނޮމީގެ މިސާލުތައްވެސް އެތަނުގައި ހިމެނެއެވެ. ކުނިން ތިމާވެއްޓަށް ކުރާ އަސަރާއި، ރީސައިކަލްކުރާ ގޮތާއި، ކުނި ބޭނުންކޮށްގެން ހަދާ ފަންނީ އުފެއްދުންތައް، އިންޓަރެކްޓިވް ޑިސްޕްލޭއާއި ޑިޖިޓަލް އެޕްލިކޭޝަންތަކުގެ ޒަރީއާއިން ދައްކުވައިދެއެވެ.

ރައީސް އޮފީހުން ވިދާޅުވީ، މިއުޒިއަމް ބައްލަވާލެއްވި މެޑަމް ސާޖިދާ، "2035 ވިޝް ވޯލް" ގައި މުސްތަގްބަލަށް އަމާޒުކޮށް މެސެޖެއް ހިއްސާކުރެއްވި ކަމަށެވެ. މިއުޒިއަމުގައި 30 އަހަރަށްވުރެ ގިނަ ދުވަސްވީ ޒައިތޫނި ގަހެއްގެ ވަށައިގެން "ޕްލެޖް ޓްރީ" އެއްވެސް ހަދާފައިވާއިރު، ޒިޔާރަތްކުރާ މީހުންނަށް ފަތެއްގެ ސިފައިގައި ހަދާފައިވާ ކާޑުތަކުގައި ތިމާވެއްޓާ ގުޅޭ ވައުދުތައް ލިޔުމުގެ ފުރުސަތު އެތަނުން ލިބެއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ކުނި ކުޑަކުރުމުގައި ތުރުކީގެ ތަޖުރިބާ ދުނިޔެއަށް ތައާރަފުކުރުމާއި، ވަސީލަތްތައް ރަނގަޅަށް ބޭނުންކުރުމާއި ސާކިއުލާ އިކޮނޮމީއާ މެދު މީހުން ހޭލުންތެރިކުރުމަށް މި މިއުޒިއަމް ބޭނުންވާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.