ތައިލެންޑުން ރާއްޖެއަށް އައި 62 އަހަރުގެ ދިވެހި ފިރިހެނަކު ދިރުވާލައިގެން ގެނައި މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓައިފި އެވެ.
ކަސްޓަމްސް އިން ބުނީ، މިދިޔަ މަހުގެ 24 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މި ފަސިންޖަރުގެ ހަރަކާތްތަކަށް ޝައްކު ކުރެވުނީ އެވެ. އެހެންކަމުން، އިތުރަށް ބަލައިފާސްކުރުމުން ބަނޑުގައި މަސްތުވާތަކެތި ހުރި 19 ބްލެޓް ފެނުނު ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
މި ބްލެޓްތަކުގައި ޖުމްލަ 284.9 ގްރާމްގެ މަސްތުވާތަކެތި ހުއްޓެވެ. އޭގެ ތެރޭގައި 117.6 ގްރާމްގެ ކޮކެއިން އާއި 167.30 ގްރާމްގެ ސިންތެޓިކް ކެތިނޯން ހިމެނެ އެވެ.
ކޮމެންޓު ފޮނުވާ