ބަޙްރައިނުގައި ހުންނަ އެމެރިކާގެ އަރލީ ވޯނިންގ ރާޑަރުތަކަށް ހަމަލާ ދީފައިވާކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް ކޯ (އައި.އާރު.ޖީ.ސީ) ބުނެފިއެވެ. ސެމީ އޮފިޝަލް ޚަބަރު އޭޖެންސީ ތަސްނީމުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި ހަމަލާ ދިނީ އީރާނުގެ ސިރީކުގައި ހުރި ޓެލެކޮމިއުނިކޭޝަންސް ޓަވަރަކަށް ދިން ހަމަލާގެ ރައްދުގައެވެ.
އައި.އާރު.ޖީ.ސީގެބުނެފައިވާ ގޮތުގައި، "މިއީ ހޯރމުޒު ކަނޑުއޮޅީގައި ވައިގެ މަގުން ހިންގާ އުދުވާނީ ހަރަކާތްތަކާ އަދި ތެޔޮ ސްމަގްލިންގް ހުއްޓާލުމާ ދެކޮޅަށް ހަމަލާދޭ ދުޝްމަނުންނަށް އީރާނުން ދިން އިންޒާރެކެވެ. މި ފަދަ ހަމަލާތައް އަލުން ހިނގައިފިނަމަ، އައި.އާރު.ޖީ.ސީގެ އެއަރޯސްޕޭސް ފޯސް ވަނީ އެއްވެސް ޙައްދެއް ނެތި ޢަމަލުކުރުމަށް ފުރިހަމައަށް ތައްޔާރަށެވެ."
އީރާނުގެ ދައުލަތުގެ ޚަބަރު އޭޖެންސީ އިރްނާއިން ބުނެފައިވާ ގޮތުގައި، ހޯރމޮޒްގާން ޕްރޮވިންސްގެ ދެކުނުގައި އޮންނަ ބަނދަރު ސިޓީ ސިރީކަށް ބުރާސްފަތި ދުވަހު "ދުޝްމަނުންގެ ހަމަލާއެއް" ދީފައިވާ ކަމަށް އީރާނުގެ ރަސްމީ ފަރާތްތަކުން ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ