ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފާއި މިނިވަންކަން ލިބި، ދާއިމީ ސުލްހައެއް ގާއިމުވަންދެން ރާއްޖެ އެ ގައުމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ކޮޕް31 ސަމިޓުގެ ހަވާސާގައި ފަލަސްތީނުގެ ބޮޑުވަޒީރު ޑރ. މުހައްމަދު މުސްތަފާއާ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަމާއި، ކަރާމާތާއި، އަމިއްލަ އިހުތިޔާރު ހޯދުމުގެ ހައްގު ޖިހާދަށް ރާއްޖެއިން އެއްވެސް ޝަރުތަކާ ނުލައި ފުރިހަމަ ތާއީދު ދޭނެ ކަމަށެވެ. މި އެއްބައިވަންތަކަމަކީ ދިވެހިންގެ ހިތްތަކުގައި ބިންވަޅުނެގިފައިވާ ގައުމީ އަގީދާއާއި، އިންސާނިއްޔަތާއި އިންސާފަށް ރާއްޖެއިން ދޭ އަހައްމިއްޔަތު ދައްކުވައިދޭ ކަމެއް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
1967 ގެ ކުރިން އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް ވެރިރަށްކޮށްގެން މިނިވަން، މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމުކުރުމުގެ ހައްގު ހިމެނޭ ގޮތުން، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ރާއްޖެއިން ކުރާ މަސައްކަތާއި އެއްބާރުލުން ދެގޮތެއް ނުވެ ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ