ހިޔާ އެއްބަސްވުން ހަދަން 100 އަށް ވުރެ ގިނަ މީހުން އަދިވެސް މައުލޫމާތު ނުދޭ

ހިޔާ އެއްބަސްވުން ހަދަން 100 އަށް ވުރެ ގިނަ މީހުން އަދިވެސް މައުލޫމާތު ނުދޭ

ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭނުންވާ މަޢުލޫމާތު ހުށަހަޅާފައިނުވާ 100އަށް ވުރެ ގިނަ މީހުން އަދިވެސް އެބަތިބިކަމަށް ހައުސިން ޑިިވަލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ހާމަ ކޮށްފިއެވެ.

އެޗްޑީސީން ހާމަ ކޮށްފައިވާ ގޮތުގައި، މި މަޢުލޫމާތުތައް ހުށައަޅާފައިނުވާ މީހުންނަކީ "ހިޔާ 7000 ޕޯޓަލްގައި" ރަޖިސްޓަރވެސް ކޮށްފައިނުވާ މީހުންކަމަށެވެ. މައުލޫމާތު ފޯމު ހުށަނާޅާ މީހުންގެ ލިސްޓު ވެސް މި އިއުލާނާ އެކު އެޗްޑީސީން ވަނީ އާންމުކޮށްފައެވެ.

ހިޔާ ފްލެޓް ޓަވަރުތަކުގެ ފެނުގެ މަސައްކަތްތަކެއް ކުރުމަށް، މިއަދުގެ އެކި ވަގުތުތަކުގައި އެތަނުން ފެނުގެ ހިދުމަތް މެދުކަނޑާލާނެކަން އެންގުމަށް އިއްޔެ އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ، އެއްބަސްވުން ހެދުމަށް ޕޯޓަލްގައި ރަޖިސްޓްރީވެފައި ނުވާ މީހުންނާއި އަދި އެއްވެސް ގޮތަކަށް މައުލޫމާތު ފޯމު ހުށަނާޅާ 107 މީހަކު އަދިވެސް އެބަތިބި ކަމަށެވެ.

ޓަވަރުތަކުގެ ފެނުގެ މަސައްކަތެއް މިއަދު ކުރިއަށް ދާތީ، ފްލެޓް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮކުރުން ވެސް މިއަދު ނޯންނާނެ ކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ. އެ ކޯޕަރޭޝަނުން ވިދާޅުވީ މިއަދު އެއްބަސްވުމުގައި ސޮއިކުރަން ތާވަލުކޮށްފައި ވަނީ ފްލެޓް އެއްބަސްވުން ތައްޔާރުކުރަން ކޮންމެހެން ބޭނުންވާ މައުލޫމާތު ފުރިހަމަކޮށް ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން މައުލޫމާތު ކަށަވަރުކޮށް ނިމިފައިވާ މީހުން ކަމަށެވެ. ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުން މިހާރު ކުރިއަށް ދަނީ އެކި ސަބަބުތަކާ ހުރެ ކުރިން އެ އެއްބަސްވުންތަކުގައި ސޮއިނުކުރެވި ތިބި މީހުންނާއެކުގައެވެ. އެޗްޑީސީން ވިދާޅުވީ ތަފާތު ސަބަބުތަކާ ހެދި ފޯމު ހުށަނޭޅި ތިބި މީހުންނަށް އެ ފުރުސަތު ދިނުމުގެ ގޮތުން ހުރަވީ ސްކޫލްގެ ހޯލުގައި ފޯމު ފުރުމުގައި އެހީތެރިވެދިނުމާއި ފޯމު ބަލައިގަތުމުގެ އިންތިޒާމު މިއަދު ހަޖައްސާފައިވާ ކަމަށެވެ.

އެޗްޑީސީން ކުރިން ބުނެފައިވާ ގޮތުގައި، ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމަން ކުލި ނުހިނގާ ގޮތަށް ދޭ ހަތަރު މަސް އަންނަ މަހުން ފެށިގެން ގުނަން ފަށާނެއެވެ. އެ ހިސާބަށް ދާއިރު އެއްބަސްވުމުގައި ސޮއި ނުކޮށް އޮތް ނަމަވެސް މަގުބޫލު ސަބަބެއް ނެތި އެއްބަސްވުމުގައި ސޮއި ނުކޮށް އޮތް ނަމަ ފިނިޝިން މަސައްކަތަށް ކުއްޔާ ނުލައި އިތުރު މުއްދަތެއް ނުދެވޭނެ ކަމަށް ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *