ހެއިޓީއައް ބާރުމިނުން 7.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެފައިވަނީ، މި ބާރުގަދަ ބިންހެލުމުގެ އެޕިސެންޓަރ (ބިންހެލުން އުފެދިގެއިން އައި ހިސާބު) ވަނީ ހެއިޓީގެ ވެރިކަން ކުރާ ސިޓީ ޕޯޓު-އައު-ޕްރިންސްގެ ހުޅަގުން 125 ކިލޯ މީޓަރު ބޭރުގައި ކަމަށެވެ. އަދި މިއީ ސައިންޓް-ލޮއިންސް-ޑު-ސުޑްގެ އިތުރު އުތުރުން 12 ކިލޯމީޓަރު ދުރުން، 10 ކިލޯމީޓަރު ފުނަށް އައިސްފައިވާ ބިންހެލުމެއްކަމަށްވެސް އެމެރިކާގެ ޖިއޮލޮޖީ ސާވޭއިން ބުނެފައި ވެއެވެ.
ހެއިޓީގެ ސިވިލް ޕްރޮޓެކްޝަން ސާވިސްއިން ބުނެފައިވާ ގޮތުގައި މި ބިންހެލުމުގެ ސަބަބުން މިހާތަނަށް 29 މީހަކު މަރުވެފައިވާކަން ވަނީ ޔަގީން ކުރެވިފައެވެ.
އަދި ޖިއޮލޮޖީ ސާވޭއިން އަންދާޒާ ކުރާގޮތުގައި ބިންހެލުމުގެ ސަބަބުން މަރުވެފައިވާ މީހުންގެ އަދަދު އިތުރަށް މައްޗަށް ގޮސް، ބޮޑެތި ގެއްލުންތަކެއް ވާނީ ލިބިގެން ގޮސްފައެވެ.
ޔޫއެސްއެއިޑްގެ ހިއުމަނިޓޭރިއަން އެސިސްޓެންސް ބިއުރޯއިން ޓުވީޓް ކޮށްފައިވާ ގޮތުގައި، ޔޫއެސް އޭޖެންސީ ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓުގެ ކާރިސާތަކާބެގޭ ތަޖުރިބާކާރުން މިހާރު ގެންދަނީ ހެއިޓީގައި، ބިންހެލުމުން ލިބުނު ގެއްލުންތައް ދިރާސާ ކުރަމުންނެވެ.
?ALERT: A magnitude 7.2 earthquake struck #Haiti this morning. @USAID disaster experts are on the ground assessing damage & needs. pic.twitter.com/Tc4F7zoWHC
— USAID's Bureau for Humanitarian Assistance (@USAIDSavesLives) August 14, 2021
މިއަދުގެ ހެއިޓީގެ ގަޑިން ހެދުނު ވަގުތުގައި މިއައި ބިންހެލުމާ ގުޅިގެން ހެއިޓީގެ ބޮޑުވަޒީރު އޭރިއަލް ހެންރީ ވަނީ، މި ބިންހެލުމަށްފަހު، ގައުމު އެއްބައިވަންތަ ވުމަށް ގޮވާލައްވާފައެވެ.
ހެއިޓީއަށް ބާރުގަދަ ބިންހެލުމެއް އައިސްފައި މިވަނީ، އެގައުމުގެ ރައީސް ޖޮވެނެލް މުއީޒް އަވަހާރަ ކޮށްލުމާ ގުޅިގެން ގައުމު ބޮޑު ކާރިއާއެއްގެ ތެރެއަށް ދިޔަތާ މަހެއްހާ ދުވަސް ފާއިތުވެގެންދިޔަ ތަނާ ކަހަލަ ގޮތަކަށެވެ.