އަވަހާރަ ކޮށްލެވުނު ރައީސްގެ ޖަނާޒާ ބޭއްވިފައިވަނީ ވަރުގަަދަ ސަލާމަތީ ފިޔަވަޅުތަކާއެކު

ހެއިޓީގެ އަވަހާރަ ކޮށްލި ރައީސްގެ ޖަނާޒާ، އަމިއްލަފުޅު އަވަށުގައި ބާއްވައިފި

ހެއިޓީގެ އަވަހާރަ ކޮށްލި ރައީސްގެ ޖަނާޒާ، އަމިއްލަފުޅު އަވަށުގައި ބާއްވައިފި

ހަމަނުޖެހުމާއި ސިޔާސީ އުދާސްތަކުގެ ތެެރޭގައި، ހެއިޓީގައި އަވަހާރަ ކޮށްލާފައިވާ ރައިސް ޖޮއިނަލް މުއީޒްގެ ޖަނާޒާ ބާއްވައިފިއެވެ.

ޖޯވެނެލް މުއީޒްގެ ޖަނާޒާ އޭނާގެ އަމިއްލަފުޅު އަވަށުގައި ބާއްވަމުން ދިޔައިރުވެސް، މި ޖަނާޒާ ބާއްވަމުންދިޔަ ސަރަހައްދުން ބަޑީގެ އަޑުފައްގަޑު ދިޔައީ އިވެމުންނެވެ. އަދި ފުލުހުންނާއި، މުޒާހިރާ ކުރަމުންދިޔަ އެތައް ސަތޭކަ މީހުންނާ ދެމެދުވެސް ދިޔައީ ހަމަނުޖެހުންތައް ހިގަމުންނެވެ.

ކެރީބިއަން ގައުމެއް ކަމުގައިވާ، އަދި އެމެރިކާ ބައްރުގައި އޮތް އެންމެ ފަގީރު ގައުމުކަމުގައިވާ، ހެއިޓީގެ އަވަހާރަ ކޮށްލެވުނު ރައީސްގެ ނަޖާޒާ ބޭއްވުމަށްޓަކާ އަމިއްލަފުޅު އަވަށަށް ގެނެވުނީ، ހިގަމުންދިޔަ ހަމަ ނުޖެހުންތަކާ އަދި ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި، ސަލާމަތީގޮތުން އަޅާފައިވާ ވަރުގަދަ ފިޔަވަޅުތަކާ އެކީއެވެ.

އަދި ކެޕް-ހެއިޓިއެންގައި ބޭއްވުނު ޖަނާޒާއަށް މުއީޒުގެ ހުވަފަތް އަނބިކަބަލުން، ހިންގަވާފައި ސަންދޯއް އޮތް ތަނަަށް ވަޑައިގެން ހުއްޓިވަޑައިގަތީ ސަންދޯއް ކުރިމަތީގައެވެ. އަދި އެކަމަނާ ގެންދެވީ، "އިންސާފު، އިންސާފު!" މިގޮތަށް ވިދާޅުވަމުން، ގިސްލާ ރޮމުންނެވެ.

އަދި އެކަނާގެ ކަނާތަށް މި ހަމަލާއިން ލިބުނު ގެއްލުމުގެ ސަބަބުން އަނިޔާވެފައިވާތީ، އެކަމަނާ ހުންނެވީ ވާތް ފިރިކަލުންގެ ސަންދޯއް މަތީގައި އަޅުއްވައިގެންނެވެ. އަދި އެކަމަނާގެ ގިސްލަމުން ދިޔައިރު، މި ރަސްމިއްޔާތުގައި ދެމަފިރި ކަނބަލުންގެ 3 ދަރިންވެސް ބައިވެރި ވެފައިވެއެވެ.

އުމުރުން 53 އަހަރުގެ ޖޮވެނެލް މުއީޒް އަވަހާރަ ކޮށްލާފައިވަނީ، މި ޖުލައިމަހުގެ 7 ވަނަ ދުވަހުގެ ރޭގެ މެންދަމުގެ ވަގުތުގައެވެ. ހެއިޓީގެ އޮތޯރިޓިން ބުނެފައިވަނީ، އޭނާ އަވަހާރަ ކޮށްލާފައިވަނީ، “ވަރަށް ރަގަޅަށް ތަމްރީން ދީފައިވާ ހަގުރާމަވެރިންގެ ބަޔަކު، ހަތިޔާރާއެކު ވަރަށް ރަގަޅަށް ރާވާއިގެން ދީފައިވާ ހަމަލާއެއްގައި،” ކަމަށެވެ.

ހެއިޓީގެ އޮތޯރިޓީތަކުން ބުނެފައިވަނީ، އެގައުމުގެ ރައީސް އަވަހާރަ ކޮށްލާފައިވަނީ، ހަތިޔާރުއެޅި، ކޮމާންޑޯއިންގެ 28 ހަނގުރަމަވެރިއަކު ކަމަށެވެ. މީގެތެރޭގައި ކޮލަމްބިއާގެ 26 މީހަކާއި ހެއިޓީގެ އެމެރިކާ ދަރިކޮޅުގެ 2 މީހަކު ހިމެނޭ ކަމަށްވެސް ބުނެފައި ވެއެވެ.

މި މީހުން ހެއިޓީގެ ރައީސްއާއި އަނބިކަބަލުން ދިރިއުޅުއްވަމުން ގެންދެވި އަމިލަފުޅު ގެއަށް ވަދެގަތީ ދޮރުތައްވެސް ފަޅާލުމަށްފަހު، ޑްރަގް އޮޕަރޭޝަންގެ ހިންގާ އެމެރިކާގެ ސިއްރު ފުލުންގެ ނަމުގައި ކަމަށްވެސް ހެއިޓީގެ އޮތޯރިޓީން ބުނެފައި ވެއެވެ.

ހެއިޓީގެ ސަލާމަތީ ބާރުތަކުން ފަހުންވަނީ، މީގެތެރެއިން 17 މީހަކު ހައްޔަރު ކޮށްފައެވެ. އަދި ތިންމީހަކު މަރާލެވިފައިވާއިރު، މިހަމަލާގެ ތަހުގީގު އަދިވެސް ދަނީ ކުރިޔަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *