ހިޔާ ޔުނިއަން އިން ކުރަމުންދާ އާދޭސްތަކަށް އިޖާބަ ދިނުމަށް މޭޔަރު ގޮވާލައްވައިފި

ހިޔާ ޔުނިއަން އިން ކުރަމުންދާ އާދޭސްތަކަށް އިޖާބަ ދިނުމަށް މޭޔަރު ގޮވާލައްވައިފި

Author
މުޙައްމަދު ޖިމީ
10 ޖުލައި 2021 12:44
0

ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ހައްގުތައް ހޯދުމަށް ވަކާލާތުކޮށް، އަޑު އުފުލުމަށް ވައިބަރ މެދުވެރިކޮށް ހަދާފައިވާ ”ހިޔާ ޔޫނިއަން” ގްރޫޕުގެ އާދޭސްތަކަށް އިޖާބަ ދެއްވުމަށް، ސަރުކާރަށާއި ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް  މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ހިޔާ ފްލެޓްތައް ބިނާކުރި ދުވަސްވަރު ހައުސިންގް މިނިސްޓަރ އަކަށް ހުންނެވި މޭޔަރ ޑރ. މުޢިއްޒު މިކަމަށް ގޮވާލެއްވީ، ހިޔާ ޔޫނިއަންގެ އަޑު އެއްސެވުމަށްފަހު އެމަނިކުފާނު މިރޭ ކުރެއްވި ޓްވީޓެއްގައެވެ. މޭޔަރ ވިދާޅުވެފައިވަނީ ހިޔާ ޔޫނިއަންގެ އާދޭސް އަޑުއެއްސެވުމަކީ ސަރުކާރާއި އެޗް.ޑީ،ސީ އިން ކުރައްވަން ޖެހޭނެކަމެއްކަމަށެވެ. މި މައްސަލައިގައި ސިޔާސީ ފިކުރުއެއްކިބާކުރަންޖެހޭނެކަމަށާއި ރައްޔިތުންގެ އަޑު އައްސަވަންޖެހޭނެކަމަށް ވިދާޅުވެފައިވެއެވެ.

މާލޭ ސިޓީގެ މޭޔަރ ކުރިން ވިދާޅުވެފައިވަނީ ހިޔާ ފްލެޓްތަކުގެ އަގު 5600.00 ރުފިޔާއަށް ތިރިކުރެވޭނެކަމަށް ހިސާބުތަކުން ދައްކާކަމަށެވެ. އަދި މި އަގަށް ހިޔާ ފްލެޓްތަކުގެ އަގު ކުޑަކުރެއްވުމަށް ސަރުކާރާއި އެޗް.ޑީ،ސީއަށް އެމަނިކުފާނުވަނީ މޭޔަރގެ ހައިސިއްޔަތުން ސިޓީ ފޮނުއްވާފައެވެ. ސަރުކާރުން ކަނޑައަޅުއްވާފައިވާ އަގަކީ މަހަކު 8500.00 ރުފިޔާއެވެ. މޭޔަރ ވިދާޅުވެފައިވަނީ މި އަގަކީ ހަގީގީ އަގު ނޫންކަމަށެވެ.

ހިޔާ ކޮމިއުނިޓީން ވަނީ ޖުލައި 9 ވަނަ ދުހުގެ މެންދުރުފަހު ދެގަޑި ސުންމިނެޓްގައި ” އެންމެ ފަހުގެ އާދޭސް ” ގެ ނަމުގައި ހިމޭން އިހްތިޖާޖެއް ފަށާފައެވެ. އަދި ” އަޑުއަހާށޭ  އަޑު އިވޭހޭ  ރައްޔިތުން އަޑު “، ” ނިކަމެތި ރައްޔިތުން ނިކަމެތިވާނީ ރައްޔިތުން”  މި ހޭޝްޓެގްދަނީ ބޭނުންކުރަމުންނެވެ. މި އިހްތިޖާޖް ޖުލައި 10 ވަނަދުވަހުގެރޭ ސުންގަނޑު ސުންމިނެޓާ ހަމައަށް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އެކޮއި
މާލޭސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު މުއީޒައް ސާބަސް ތިޔައީ ރައްޔަތުން ދެކެލޯބިވާ ވެރިއެއް ތިޔަކަހަލަ މީހުން އަހަރުމެން ބޭނުން ވަނީ ރައްޔަތުން ގެހުރިހާ އިހުސާސްތައް ދެނެ ގަންނަށް އެގޭވެރިއެއް ؟؟؟؟؟؟؟؟؟؟؟؟؟؟؟