ބިލިއަންޑޮލަރުގެ މަސްތުވާތަކެއްޗާއިއެކު އަތުލައިގަތީ އިންޓަނޭޝަނަލް ނެޓްވޯކެއް

ބިލިއަންޑޮލަރުގެ މަސްތުވާތަކެއްޗާއިއެކު އަތުލައިގަތީ އިންޓަނޭޝަނަލް ނެޓްވޯކެއް

Author
ހުސައިން
04 އޮކްޓޯބަރ 2020 08:17
0

ކަނޑުމަގުން އެތެރެކުރި ބިލިޔަން ޑޮލަރުގެ މަސްތުވާތަކެއްޗާއިއެކު އިއްޔެ އައްޑޫން އަތުލައިގަތީ ޑްރަގްސްގެ ވިޔަފާރިކުރާ އިންޓަނޭޝަނަލް ގޭންގަކަށް ނިސްބަތްވާ ބައެއްކަމަށް ބައިނަލް އަގުވާމީ ބައެއް ނޫސްތަކުގައި ބުނެފިއެވެ.

ބޭރުގެ ބައެއް ނޫސްތަކުން މިކަން ރިޕޯޓްކޮށް ބުނެފައިވަނީ، މި މަސްތުވާތަކެތި އަތުލައިގެންފައިވަނީ ބައިނަލްއަޤުވާމީ ފައުޖުތައް ގުޅިގެން ކުރިޔަށް ގެންދާ ބޮޑު އޮޕަރޭޝަނެއްގައި ކަމަށެވެ.

މި މަސްތުވާތަކެތި އަތުލައިގަތީ އަރަބިކަނޑާއި ރާއްޖޭގެ ކަނޑު ގުޅޭ ސަރަޙައްދުންނެވެ. މި ބޮޑު އޮޕަރޭޝަނުގައި މިހާތަނަށް އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ޖުމްލަ އަގު އެތައް "ބިލިއަން ޑޮލަރަށް" އަރާނެކަމަށް ބޭރުގެ ބައެއް ނޫސްތަކުގައި ބުނެފައިވެ އެވެ.

ޕާކިސްތާނުގެ ނޫހަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި މީހުން އަތުލައިގަތީ އެރެބިއަން ސީގައި ރާއްޖޭގެ ސަރަހައްދު ތެރެއިންނެވެ. މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ޑްރަގްސް އަތުލައިގަތް ކަމަށް ވަނީ ބުނެފަ އެވެ. ޕާކިސްތާނު ފައިސާއިން ބަލާ ނަމަ މިއީ އެތައް ބިލިއަން ރުޕީސްގެ ތަކެތި ކަމަށް ވެސް އެ ނޫސްތަކުން ބުންޏެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތުގައި އައްޑޫގެ ވަރުގަދަ ޑްރަގް ޑީލަރެއް ކަމަށް ފުލުހުން ކުރިން ވެސް ތުހުމަތުކޮށް އެތައް ފަހަރަކު އެކި ކުށްތަކުގައި ހައްޔަރުކޮށްފައިވާ އިބްރާހިމް ރަޝީދު (އަބުޗާ)އާ އެކު އިތުރު ބަޔަކު ވަނީ ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި ކުރީގެ މަޝްހޫރު ފުޓުބޯޅަ ތަރި ޝަމްވީލް ގާސިމް (ބޮންޑާ) ހިމެނެ އެވެ.

މަސްތުވާތަކެތި އުފުލި ޑިންޑީއެއް ހުއްޓުވަން އުޅުމުން އޭގައި ތިބި މީހުން ވަނީ މަސްތުވާތަކެތި ހުރި ގޯނިތައް ކަނޑަށް އުކާލައިފަ އެވެ. ނަމަވެސް ފުލުހުން އެ ތަކެތި ވަނީ ނަގައިފަ އެވެ. ޕާކިސްތާނުގެ ނޫސްތަކުން މީގެ ބައެއް ފޮޓޯ އާއި ވީޑިއޯ ވެސް ހާމަކޮށްފައިވެ އެވެ. އެއް ފޮތޯ އިން ފެންނަ ގޮތުގައި ޑްރަގްސް ހުރި ޑިންޑީ ތެރޭ ބިޑި އަޅުވައި މީހަކު ހައްޔަރުކޮށްފައި އިނދެ އެވެ.

ރާއްޖެ ހިމެނޭ ކަނޑުގެ ސަރަޙައްދުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައި ވާއިރު، އައްޑޫގައި މިވަގުތު މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް ކުރިޔަށްދެއެވެ. އެ އޮޕަރޭޝަން ކުރިޔަށްދާ ކަމުގެ މަޢުލޫމާތު ޙިއްސާކުރިނަމަވެސް އެކަމާއި ބެހޭގޮތުން އިތުރު އެއްޗެއް ފުލުހުން ހާމައެއް ނުކުރެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.