Author
އައިޝަތު އަޙްމަދު
16 ސެޕްޓެމްބަރ 2026 03:06
0

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރްޓީއައި) ގެ ދަށުން އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ ހުރިހާ މައުލޫމާތެއް މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީން އާންމުކޮށްފިއެވެ.

މައުލޫމާތު ހާމަކުރުމުގައި އެމްޑަބްލިޔުއެސްސީން ހޯދި މި މުހިންމު ކާމިޔާބީ ފާހަގަކޮށް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ވަނީ އެ ކުންފުންޏަށް މަރުހަބާ ކިޔައިފައެވެ. ކުންފުނީގެ ހިންގުން ދެފުށް ފެންނަ ގޮތެއްގައި ބެހެއްޓުމަށާއި، ޒިންމާދާރުކަން އިތުރުކުރުމުގެ މަގުސަދުގައި ގާނޫނު ލާޒިމުކުރާ އެންމެހައި މައުލޫމާތުތައް އެމްޑަބްލިޔުއެސްސީން މިހާރު ވަނީ އާންމުކޮށްފައެވެ.

އައިކޮމް އިން ހާމަކުރި ގޮތުގައި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިސްނަގައިގެން މައުލޫމާތު ހާމަކުރަންޖެހޭ މިންވަރަށް މައުލޫމާތު ހާމަކުރި ދައުލަތުގެ ފަސްވަނަ ކުންފުންޏަކީ އެމްޑަބްލިއުއެސްސީއެވެ. އަދި މުޅި ރާއްޖޭގެ ދައުލަތުގެ ހުރިހާ އިދާރާތަކަށް ބަލާއިރު، މި ޝަރުތު ފުރިހަމަކުރި 42 ވަނަ އިދާރާއަކީ ވެސް އެ ކުންފުންޏެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އަމަލުކުރަން ފެށިފަހުން، ސަރުކާރުގެ ވުޒާރާތަކުން އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ މައުލޫމާތުތައް ފުރަތަމަ ފަހަރަށް ފުރިހަމައަށް ހާމަކުރަން ފަށާފައިވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.