އެމްޑަބްލިޔުއެސްސީގެ ހަތަރު މުވައްޒަފަކަށް ރައީސްގެ ޝަރަފުވެރި އިނާމު

އެމްޑަބްލިޔުއެސްސީގެ ހަތަރު މުވައްޒަފަކަށް ރައީސްގެ ޝަރަފުވެރި އިނާމު

Author
އަހުމަދު
20 ނޮވެމްބަރ 2026 12:02
0

ދިވެހި ދައުލަތަށް 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅުންނަށް ރައީސް ދެއްވާ ޤައުމީ ޝަރަފު މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ހަތަރު މުވައްޒަފަކަށް ލިބިއްޖެ އެވެ.

މި ޝަރަފު ލިބުނު މުވައްޒަފުންގެ ތެރެއިން އެންމެ ދިގު މުއްދަތެއް ޚިދުމަތްކޮށްފައި ވަނީ ޑެޕިއުޓީ ޓްރާންސްޕޯޓް އޮފިސަރ މުޙައްމަދު އިޔާޟް އެވެ. އޭނާ ވަނީ 38 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައެވެ. ސީނިއަރ ޕްރީފޯމް އޮޕަރޭޝަންސް އިންޖިނިއަރ މުޞްޠަފާ ޙަސަން، އެސިސްޓަންޓް ޕެއަބަލް އެގްޒެކެޓިވް އާމިނަތު ރަޝީދާ އަދި ސީނިއަރ ކަސްޓަމަރ ސާރވިސް އޮފިސަރ މުޙައްމަދު ޢަލީ ވަނީ ކޮންމެ ބޭފުޅަކުވެސް 35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ކުންފުނީގެ ހަތަރު މުވައްޒަފަކަށް ދައުލަތުގެ މި މަތިވެރި ޝަރަފު ލިބުމަކީ ކުންފުންޏަށް ވެސް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. ކުންފުންޏަށާއި ޤައުމަށް މި ބޭފުޅުން ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކޮށް، މެނޭޖްމަންޓާއި ހުރިހާ މުވައްޒަފުންގެ ނަމުގައި އެ ބޭފުޅުންނަށް މަރުޙަބާއާއި ޝުކުރު ދަންނަވާ ކަމަށް ވެސް ކުންފުނިން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.