ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއް ލައްކަ މެމްބަރުން ހަމަވި ޕާޓީއަކަށް ޕީއެންސީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއް ލައްކަ މެމްބަރުން ހަމަވި ޕާޓީއަކަށް ޕީއެންސީ

Author
އަހުމަދު
19 ނޮވެމްބަރ 2026 11:52
0

 

ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެމްބަރުންގެ އަދަދު އެއް ލައްކަ ފަހަނައަޅައިފި އެވެ. 2005 ވަނަ އަހަރު ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދި ފަހުން، މި އަދަދަށް މެމްބަރުން ހަމަވި ފުރަތަމަ ޕާޓީއަކީ ޕީއެންސީ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައިވާ މައުލޫމާތުން ދައްކާ ގޮތުގައި، 19 ނޮވެމްބަރު ރޭ 10:37 ގެ ނިޔަލަށް ޕީއެންސީގައި 100،083 މެމްބަރުން ރަޖިސްޓްރީވެފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އައި އިރު ޕީއެންސީގައި ތިބީ 3،000 މެމްބަރުންނެވެ. ރައީސްގެ ލީޑަރޝިޕްގައި ފެށި މެމްބަރުން އިތުރުކުރުމުގެ މަސައްކަތުގެ ލަނޑުދަނޑިއަކީ ވެސް އެއް ލައްކަ މެމްބަރުން ހަމަކުރުމެވެ. ޕާޓީގެ ލީޑަރޝިޕުން ވިދާޅުވާ ގޮތުގައި، މި ކާމިޔާބީއަކީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ދޭ ތާއީދުގެ ހެއްކެކެވެ.

މެމްބަރުންގެ ގޮތުން ދެވަނަ އެންމެ ބޮޑު ޕާޓީއަކީ އިދިކޮޅު އެމްޑީޕީ އެވެ. އެ ޕާޓީގައި މިހާރު 53،747 މެމްބަރުން ތިބި އެވެ.

މި ވަގުތު އީސީގައި ހަތް ޕާޓީއެއް ރަޖިސްޓްރީކޮށްފައިވެ އެވެ. ޕީއެންސީ އާއި އެމްޑީޕީ އަށް ފަހު، އަނެއްބައި ޕާޓީތަކަކީ އަދާލަތު ޕާޓީ، އެމްޑީއޭ، ޖުމްހޫރީ ޕާޓީ، އެމްއެންޕީ އަދި ޕީއެންއެފް އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.