ސުނާމީގެ އިންޒާރެއް ނެރެފައެއް ނުވޭ: އެންޑީއެމްއޭ

ސުނާމީގެ އިންޒާރެއް ނެރެފައެއް ނުވޭ: އެންޑީއެމްއޭ

Author
އަހުމަދު
19 ނޮވެމްބަރ 2026 09:12
0

 

ރާއްޖެއަށް ސުނާމީގެ އިންޒާރެއް ނެރިކަމަށް ބުނެ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ނަމުގައި ފަތުރަމުން އަންނަ މެސެޖަކީ ދޮގު މެސެޖެއް ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

މި ކަމާ ގުޅިގެން އެންޑީއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނީ، އެ މެސެޖަކީ އެއްވެސް އަސްލެއް ނެތް މެސެޖެއް ކަމަށާއި، ކާރިސާތަކާ ގުޅޭ މައުލޫމާތާއި އިރުޝާދުތައް އާންމުންނާ ހިއްސާކުރާނީ ހަމައެކަނި އޮތޯރިޓީގެ ރަސްމީ މަންސަތަކުން ކަމަށެވެ.

ކާރިސާތަކާ ގުޅޭ ހައްސާސް މައުލޫމާތު ފެތުރުމުގައި ހުރިހާ ފަރާތްތަކުން ވެސް ޒިންމާދާރުކަމާއެކު އަމަލުކުރުމަށް ވެސް އެންޑީއެމްއޭއިން ވަނީ އެދިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.