ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ކުރިއަށް އޮތް ފަސް ދުވަހުވެސް ދުންފުހުގެ އަސަރު ކުރާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އަންގައިފިއެވެ.
މެޓް އޮފީހުން ބުނީ މިހާރުވެސް މުޅި ރާއްޖެއަށް ދުންފުހުގެ އަސަރު ކުރަމުންދާކަމަށާއި، އެ ހާލަތު އަންނަ ފަސް ދުވަހު ދެމިއޮންނާނެކަމަށް ލަފާކުރެވޭކަމަށެވެ. ޚާއްޞަކޮށް ރާއްޖޭގެ އުތުރާއި މެދުގެ އަތޮޅުތަކަށް ކުރިއަށް އޮތް ތިން ދުވަހު މި އަސަރު އިތުރަށް ބޮޑުވާނެކަމަށް މެޓުން ބުންޏެވެ.
މި ހާލަތުގައި ގެއިން ބޭރުގައި ކަންކަމުގައި ބައިވެރިވާ މީހުން ސިއްޙަތަށް ޚާއްޞަ ސަމާލުކަން ދިނުމަށް މެޓް އޮފީހުން ވަނީ ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ