ޢުމްރާގެ އަޅުކަން ކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސްހުރި ހއ. ތަކަންދޫ މީހަކު، ކާނާ ވިހަވެގެން ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވެއްޖެއެވެ.
ނިޔާވީ ހއ. ތަކަންދޫ، ބަގީޗާގޭ، ޢަބްދުﷲ އަޙްމަދެވެ. އޭނާ ސައުދީއަށް ގޮސްފައިވަނީ ފަރީ ޙައްޖު އެންޑް އުމްރާ ގްރޫޕުގެ ދަށުންނެވެ.
ލިބިފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި، ކެއި އެއްޗަކުން ކާނާ ވިހަވެ ޙާލު ދެރަވުމުން އޭނާއަށް ސިއްޙީ ފަރުވާ ދެމުން ގެންދިޔައެވެ. ނަމަވެސް ފަރުވާ ދެމުން ދަނިކޮށް އޭނާ ނިޔާވިކަން މީޑިއާތަކަށް ކަށަވަރުވެއްޖެއެވެ.
ރާއްޖޭގައި ޢުމްރާއަށް މީހުން ގެންދާ ގިނަ ގްރޫޕުތަކެއް ހުރިއިރު، ދިވެހިން ގިނައިން ޢުމްރާއަށް ދަނީ ސްކޫލް ޗުއްޓީ ދުވަސްވަރުގައެވެ.
ކޮމެންޓު ފޮނުވާ