މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 58 މީހަކަށް އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދީފި

މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 58 މީހަކަށް އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދީފި

Author
އަހުމަދު
06 ޖުލައި 2026 09:13
0

ރޭ މާލޭގެ ގެއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު 58 މީހަކަށް ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މާލޭގެ "ފުންފަޅު" ގޭގެ ހަތަރު ވަނަ ފަންގިފިލާގައެވެ. އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސްއަށް ރޭ 22:49 ހާއިރު މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، ފަޔަ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. ގާތްގަނޑަކަށް ގަޑިއެއްހާއިރުގެ މަސައްކަތުން، ރޭ 23:48 ހާއިރު ވަނީ އަލިފާން އެއްކޮށް ނިއްވާލާފައެވެ. އެމްއެންޑީއެފުން މައުލޫމާތު ދެއްވާގޮތުގައި މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން 11 މީހަކަށް ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައެވެ.

އެންޑީއެމްއޭއިން ބުނިގޮތުގައި، ހާދިސާއާ ގުޅިގެން ވަގުތީގޮތުން ގާއިމުކުރި އިވެކުއޭޝަން ސެންޓަރު މެދުވެރިކޮށް 58 އަށްވުރެ ގިނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްފަހު، މިހާރު ވަނީ އެ ސެންޓަރު ބަންދުކޮށްފައެވެ. ނަމަވެސް، އަލިފާން ރޯވި ފަންގިފިލާގެ ތިން އެޕާޓްމަންޓަށާއި، ފެންވައިރުގެ މައްސަލަ ދިމާވެ ފެން ނުލިބޭ އެޕާޓްމަންޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެ އޮތޯރިޓީގެ ފަރާތުން އިންސާނީ އެހީތެރިކަމާއި، ވަގުތީ ބޯހިޔާވަހިކަމުގެ އިތުރުން ކެއިންބުއިމުގެ އިންތިޒާމުތައް އަދިވެސް ދަނީ ހަމަޖައްސައިދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.