އެމެރިކާ އާއި އީރާނުން ހަނގުރާމަ މެދުކަނޑާލަން އެއްބަސްވެއްޖެ، ނަމަވެސް ޓްރަމްޕްގެ ނިންމުމެއް އަދި ނެތް!

އެމެރިކާ އާއި އީރާނުން ހަނގުރާމަ މެދުކަނޑާލަން އެއްބަސްވެއްޖެ، ނަމަވެސް ޓްރަމްޕްގެ ނިންމުމެއް އަދި ނެތް!

Author
އަހުމަދު
29 މެއި 2026 09:48
0

އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ވަގުތީގޮތުން މެދުކަނޑާލުމާއެކު، މުހިންމު ކަންތައްތަކަކަށް ދެ ގައުމުން އެއްބަސްވެއްޖެއެވެ.

ވައިޓްހައުސްއިން ކަށަވަރުކޮށްދީފައިވާ މި އެއްބަސްވުމުގެ ދަށުން، ކުރިއަށް އޮތް 60 ދުވަހަށް ދެ ގައުމުގެ ދެމެދުގައި ހަމަލާބަދަލުކުރުން ހުއްޓާލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހޮރްމޫޒް ކަނޑުއޮޅި އެއްކޮށް އަލުން ހުޅުވާލުމާއެކު، ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެ ސަރަހައްދުގައި ހުރި މައިންތައް ނެގުމަށްވެސް ވަނީ ނިންމާފައެވެ.

މި އެއްބަސްވުމުގައި އީރާނުން ނިއުކްލިއަރ ހަތިޔާރު ނުއުފެއްދުމަށް ކަށަވަރުކޮށްދޭނެއެވެ. އޭގެ ބަދަލެއްގެ ގޮތުން އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދިނުމަށާއި، ހިފަހައްޓާފައިވާ އީރާނުގެ މުދާތައް ދޫކޮށްލުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެމެރިކާއިން ވަނީ އެއްބަސްވެފައެވެ.

މިފަދަ މުހިންމު ކަންތައްތަކަކަށް ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވި، މީޑިއާތަކުން މިކަން ރިޕޯޓުކޮށްފައިވީ ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިކަމާ ގުޅޭގޮތުން އަދި ވަކި އެއްޗެއް ހާމަކުރައްވާފައެއް ނުވެއެވެ. އަދި މި އެއްބަސްވުމާ މެދު އެމަނިކުފާނު ވަކި ގޮތެއް ނިންމަވާފައި ނުވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.