ހޯމަ ދުވަހާ ހަމައަށް މޫސުން ގޯސް ވާނެ

ހޯމަ ދުވަހާ ހަމައަށް މޫސުން ގޯސް ވާނެ

Author
އަހުމަދު
14 ނޮވެމްބަރ 2026 12:15
0

 

ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސްކޮށް ހުންނާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ބުނާ ގޮތުގައި، އެކި ހިސާބުތަކަށް ވިއްސާރަވެ، ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހިދާނެއެވެ. ވައި ހުންނާނީ ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވެދާނެކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ހުންނާނެ ކަމަށާއި، ވިލާގަނޑުގައި ކަނޑު އިތުރަށް ގަދަވެދާނެ ކަމަށް މެޓުން ބުނެއެވެ. މިހާރު ކުރަމުންދާ ވިއްސާރަ ރަނގަޅުވާން ފަށާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މި ހާލަތުގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން ވަރަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އެދިފައިވެއެވެ. ދަތުރަށް ފުރުމުގެ ކުރިން މޫސުމުގެ ހާލަތު ބަލައި، އުޅަނދުގެ ސަލާމަތީ ކަންކަން ފުރިހަމަވެފައިވާކަން ޔަގީންކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.