އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ އެއްކޮށް ހުއްޓާލުމާ ގުޅޭގޮތުން ކުރެވޭ މަޝްވަރާތަކުގެ ދެވަނަ ބައްދަލުވުމަށް ޕާކިސްތާނުގެ އިސް ވަފުދެއް އީރާނަށް ވަޑައިގެންފިއެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ އާސިމް މުނީރު އިސްކޮށް ހުންނަވައިގެން ރޭ އީރާނަށް ކުރެއްވި މި ދަތުރުފުޅުގައި، އެ ޤައުމުގެ ފޮރިން މިނިސްޓަރު އައްބާސް އަރާޗީ ވަނީ އެ ބޭފުޅުންނަށް މަރުޙަބާ ދަންނަވާފައެވެ. މިއީ ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަސައްކަތުގެ ދަށުން ބޭއްވޭ މުހިންމު ބައްދަލުވުމެކެވެ.
މިމަހުގެ 8 ވަނަ ދުވަހު ދެ ޤައުމުން ހަނގުރާމަ މެދުކަނޑާލުމަށް އެއްބަސްވުމަކަށް އައިސްފައިވާއިރު، ފުރަތަމަ މަޝްވަރާތައް މިމަހުގެ 12 ވަނަ ދުވަހު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ވަނީ ބާއްވާފައެވެ. ނަމަވެސް އެ ބައްދަލުވުންތައް ނިމިގެންދިޔައީ އެއްވެސް ކޮޅެއްގައި ނުޖެހިއެވެ. އީރާނުގައި ދެވަނަ ބުރުގެ މަޝްވަރާތައް ފެށުމަށް މިހާރު ތައްޔާރުވަމުންދާއިރު، މަސްރަޙު އަދިވެސް އޮތީ ހޫނުކޮށެވެ. ސަބަބަކީ ހަނގުރާމަ މެދުކަނޑާލި ދުވަހު އެމެރިކާއިން ވަނީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށް، ކަނޑުގެ މަގުން އީރާން ހިޞާރުކުރުމުގެ މަސައްކަތް ފަށާފައިކަމަށް ވާތީއެވެ.
ކޮމެންޓު ފޮނުވާ