ކެބިނެޓަށް ގެނައި ބަދަލާއެކު ސިޓީސް މިނިސްޓްރީ އުވާލައިފި

ކެބިނެޓަށް ގެނައި ބަދަލާއެކު ސިޓީސް މިނިސްޓްރީ އުވާލައިފި

Author
އަހުމަދު
15 އޭޕްރިލް 2026 01:30
0

ސަރުކާރު ހިންގުން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޒީރުންގެ މަޖިލީހަށް އިއްޔެ ގެންނެވި ބަދަލުތަކާ ގުޅިގެން، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އުވާލައިފިއެވެ.

އިއްޔެ ކެބިނެޓުން 10 ވަޒީރަކު އިސްތިއުފާދެއްވާފައިވާއިރު، އޭގެ ތެރޭގައި ސިޓީތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރުވެސް ހިމެނިވަޑައިގަންނަވައެވެ. ރައީސް ގެންނެވި މި ބަދަލުތަކުގެ ދަށުން ބައެއް މިނިސްޓްރީތަކުގެ މަސައްކަތްތައް އެއްކޮށްލައި، ކުރިން އޮތް 20 މިނިސްޓްރީގެ އަދަދު މިހާރު ވަނީ 15 އަށް ކުޑަކޮށްފައެވެ.

ސިޓީސް މިނިސްޓްރީ އުވާލުމާ ގުޅިގެން، އެ ވުޒާރާއިން ކުރަމުންދިޔަ ޕަބްލިކް ވޯކްސްގެ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްގެ ދަށަށް ބަދަލުކޮށްފައެވެ. އަދި ސިޓީތަކާއި ކައުންސިލްތަކާ ގުޅޭ އެންމެހާ ކަންކަން ދެން ކުރިއަށްދާނީ ކުރިއެކޭވެސް އެއްގޮތަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ދަށުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.