ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމަށް އެމެރިކާއިން ކުރާ މަސައްކަތުގައި އިނގިރޭސިވިލާތުން ބައިވެރިއެއް ނުވާނެ

ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމަށް އެމެރިކާއިން ކުރާ މަސައްކަތުގައި އިނގިރޭސިވިލާތުން ބައިވެރިއެއް ނުވާނެ

Author
އަހުމަދު
12 އޭޕްރިލް 2026 11:17
0

ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކުގައި އެއްބާރުލުން ނުދޭނެކަން އިނގިރޭސިވިލާތުން ހާމަކޮށްފިއެވެ.

އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް މެދުކަނޑާލުމަށް މިމަހުގެ 8 ވަނަ ދުވަހު އެއްބަސްވެފައިވާއިރު، އެމެރިކާގެ އަސްކަރީ ދެ މަނަވަރެއް އިއްޔެ ވަނީ އެ ކަނޑުއޮޅި ހުރަސްކޮށްފައެވެ. އަދި އެ ސަރަހައްދު ބަންދުކުރާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން އިނގިރޭސި ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ، އެ ގައުމުން އަބަދުވެސް ވަކާލާތުކުރަނީ މިނިވަންކަމާއެކު ކަނޑުދަތުރުފަތުރު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، ދުނިޔޭގެ އިގްތިސާދަށްޓަކައި ހޮރްމޫޒް ކަނޑުއޮޅި ހުޅުވިފައި އޮތުމަށް ކަމަށެވެ. އަދި ދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމަށް ފްރާންސާއި އެހެނިހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހޮރްމޫޒް ކަނޑުއޮޅީގައި އޮތް މައިންތައް ނެގުމުގައި އިނގިރޭސިވިލާތުން އެހީތެރިވަމުންދާކަމަށް މީގެ ކުރިން ޓްރަމްޕް ވިދާޅުވެފައިވާއިރު، އިނގިރޭސިވިލާތަކީ އެ ސަރަހައްދުގައި މައިން ހޯދައި ނައްތާލުމުގެ ގާބިލުކަން ލިބިފައިވާ ހާއްސަ ވަސީލަތްތައް ގާއިމުކޮށްފައިވާ ގައުމެކެވެ. ނަމަވެސް ކަނޑުއޮޅި ބަންދުކުރުމުގެ އެއްވެސް ހަރަކާތެއްގައި އެގައުމުން ބައިވެރިނުވާނެކަން މިވަނީ ކަށަވަރުކޮށްދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.