ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްޓަކައި މާދަމާ ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވާ ގޮތުގައި، މި ދަތުރުފުޅުގެ ހުރިހާ ހަރަދަކާއި މެހުމާންދާރީގެ ކަންކަން ހަމަޖައްސަވައިދެއްވަނީ ސައުދީ ސަރުކާރުގެ ފަރާތުންނެވެ. އަދި މި ދަތުރުފުޅާ ގުޅޭ އެންމެހާ އިންތިޒާމުތައް މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު ވަނީ ހަމަޖައްސަވާ ނިންމަވާފައެވެ.
މީގެ ކުރިން 2024 ވަނަ އަހަރުވެސް ރައީސްގެ ދެކަނބަލުން ވަނީ އުމްރާގެ އަޅުކަމަށް ސައުދީއަށް ވަޑައިގެންފައެވެ. އަދި ހަމައެހެންމެ، މިދިޔަ އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްވެސް އެ ދެކަނބަލުން ވަނީ އެ ގައުމަށް ދަތުރުފުޅެއް ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ