ކައްކާ ގޭސް ލިބުން ރަމަޟާން މަހު ދަތިނުވާނެކަމުގެ ޔަޤީންކަން ދީފި

ކައްކާ ގޭސް ލިބުން ރަމަޟާން މަހު ދަތިނުވާނެކަމުގެ ޔަޤީންކަން ދީފި

Author
އަހުމަދު
10 ފެބްރުއަރީ 2026 10:17
0

މާލޭގެ ބާޒާރުގައި ކައްކާ ގޭސް ލިބުމަށް ދިމާވެފައިވާ ދަތިތަކަށް އަންނަ ހަފްތާގެ ތެރޭގައި ޙައްލެއް ލިބި، ޢާންމުކޮށް ގޭސް ލިބެން ހުންނާނެ ކަމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން ހާމަކޮށްފިއެވެ.

އެ ކުންފުނިން މަޢުލޫމާތު ދޭ ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ގޭސް ސަޕްލައި ކުރުމަށް ކޮންމެވެސް ވަަރެއްގެ ލޮޅުންތަކެއް އަރާފައިވީނަމަވެސް، ރާއްޖޭގައި ގޭހަށް ޖެހިދާނެ ކަމުގެ ބިރެއް ނެތެވެ. މިގޮތުން އަންނަ ހަފްތާއިން ފެށިގެން 10 ކިލޯގެ ގޭސް ފުޅި ދަތިކަމެއް ނެތި ބާޒާރުން ލިބެން ހުންނާނެ ކަމުގެ ޔަޤީންކަން އެސްޓީއޯއިން ދެއެވެ. އަދި ސަޕްލައިއަށް އަންނަ ބަދަލުތަކާ އެކުވެސް، ރާއްޖެއަށް ގޭސް އެތެރެކުރާ ކުންފުނިތަކާ ގުޅިގެން ކޮންޓްރޯލް އަގެއްގައި ރައްޔިތުންނަށް ގޭސް ފޯރުކޮށްދިނުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ގޭސް ހުސްނުވެ މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެސްޓީއޯއިން އަންނަނީ ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ. އެގޮތުން މި އަހަރުގެ ރަމަޟާން މަހުވެސް ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި ގޭސް ލިބޭނެ މަގު ފަހިކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން، ގޭސް ލިބުން ދަތިވެފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށް، އެސްޓީއޯއިން ވަނީ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ގޭސް ފޯރުކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.