ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމަށް މަމްދޫހް އައްޔަންކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމަށް މަމްދޫހް އައްޔަންކުރައްވައިފި

Author
އަހުމަދު
03 އޮގަސްޓް 2026 06:10
0

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަގާމަށް މއ. އެރަލްސީ، އަހްމަދު މަމްދޫހް މިއަދު އައްޔަންކުރައްވައިފިއެވެ.

މި މަގާމަށް އައްޔަންކުރެއްވި މަމްދޫހަކީ ސްރީލަންކާގެ ޔުނިވަރސިޓީ އޮފް ކެލަނިޔާއިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ މަމްދޫހް ވަނީ މީގެ ކުރިން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނައިބުގެ މަގާމު އަދާކުރައްވާފައެވެ.

އެ މަގާމުގެ އިތުރުން، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އެމްއާރުޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމާއި، އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރުކަން ވެސް މަމްދޫހް ވަނީ ކުރައްވާފައެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އައްޔަންކުރެއްވުމުގެ ކުރިން މަމްދޫހް އެންމެ ފަހުން ހުންނެވީ މާލޭ ސިޓީ ކައުންސިލުން ކުރިއަށްގެންދާ ބައެއް މަޝްރޫއުތަކުގެ ކޮންސަލްޓަންޓެއްގެ ގޮތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.