ފިލްމީ ތަރި އައިޝަތު ރިޝްމީ ތިންވަނަ ފަހަރަށް ކައިވެނިކޮށްފި

ފިލްމީ ތަރި އައިޝަތު ރިޝްމީ ތިންވަނަ ފަހަރަށް ކައިވެނިކޮށްފި

Author
އަހުމަދު
23 އޮކްޓޯބަރ 2026 11:36
0

 

ފިލްމީ ދާއިރާގެ މަޝްހޫރު ތަރި އައިޝަތު ރިޝްމީ، ޗޮޕާޓް އެޖެންސީގެ ޑިރެކްޓަރު މިހުސޯ އަބްދުއްސައްތާރާ ކައިވެނިކޮށްފިއެވެ.

ކްރިއޭޓިވް މާކެޓިން، އިވެންޓް މެނޭޖްމަންޓާއި ޕްރޮޑަކްޝަންގެ ޚިދުމަތްތައް ފޯރުކޮށްދޭ ޗޮޕާޓްގެ ޑިރެކްޓަރު މިހުސޯ ކައިވެނީގެ ޚަބަރު ހާމަކުރީ އިންސްޓަގްރާމް ޕޯސްޓަކުންނެވެ. ރިޝްމީ އޭނާގެ އަނބިމީހާއަށް ވުމުން ﷲ އަށް ޙަމްދުކުރާ ކަމަށް ބުނެ، ކައިވެނީގެ ހަފްލާގެ ދެ ފޮޓޯއާއެކު ލިޔުނު އެ ޕޯސްޓަށް ގިނަ ބަޔަކު މަރުޙަބާ ކިޔަމުން ދެއެވެ.

މިއީ ރިޝްމީގެ ތިންވަނަ ކައިވެންޏެވެ. އޭނާ މީގެ ކުރިން ކައިވެނިކޮށްފައިވަނީ ފިލްމީ ތަރިން ކަމަށްވާ އަހުމަދު އަޒްމީލާއި ރަވީ ފާރޫގާއެވެ. އަޒްމީލާއި ރިޝްމީއަށް ފިރިހެން ދަރިއަކު ލިބިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.