ޕޯސްޓްމޯޓަމް ފެސިލިޓީއަކަށް ހުޅުމާލެއިން ބިމެއް ދީފި

ޕޯސްޓްމޯޓަމް ފެސިލިޓީއަކަށް ހުޅުމާލެއިން ބިމެއް ދީފި

Author
އަހުމަދު
03 އޮގަސްޓް 2026 06:13
0

ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދޭނެ ފެސިލިޓީއެއް ގާއިމުކުރުމަށް ހުޅުމާލޭ ސަހަރާ ކައިރިން އައިޖީއެމްއެޗަށް ބިމެއް ހަމަޖައްސައިދީފި އެވެ.

މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ޕޯސްޓްމޯޓަމް ފެސިލިޓީ ބިނާކުރުމަށްޓަކައި އައިޖީއެމްއެޗަށް ބިން ދޫކޮށްފައިވަނީ ހުޅުމާލޭ ސަހަރާއާ ޖެހިގެން ކަމަށެވެ. އަދި މިވަގުތު ކުރިއަށްދަނީ އެ ފެސިލިޓީގެ ޑިޒައިން ކުރެހުންތައް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

މަރުގެ މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި ޕޯސްޓްމޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތުތަކުގެ ގަވާއިދު ގެޒެޓުކުރީ 2022 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގަ އެވެ. އެ ގަވާއިދުގެ ދަށުން، ހަ ބާވަތެއްގެ މަރުގެ މައްސަލަތަކުގައި ކޯޓު އަމުރެއް އަދި މަރުވި މީހާގެ އާއިލާގެ ހުއްދައެއް ނެތި ޕޯސްޓްމޯޓަމް ހެދުމުގެ ބާރު ފުލުހުންނަށް ލިބިގެންވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.