އަމީނީމަގުގެ ހަލާކުވެފައިވާ ތާރުގަނޑު ނަގައި، އަލުން ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.
މި ސަރުކާރުގެ ވެރިކަމުގައި އަމީނީމަގުގައި އެންމެފަހުން ތާރުއެޅި ސަރަހައްދު ކަމަށްވާ ހާބަރު ފުޑްކޯޓު ސަރަހައްދުގެ ތާރުގަނޑު ހަލާކުވެ، ބޮޑެތި ވަޅުގަނޑުތައް ހެދިފައިވާތީ، އެ މަގުގައި ދުއްވުން ވަނީ ނުރައްކާތެރި ކަމަކަށް ވެފައެވެ. މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ރޭ ދަންވަރުން ފެށިގެން އެ ސަރަހައްދު ބަންދުކޮށް، މަރާމާތުގެ މަސައްކަތް ވަނީ ފަށާފައެވެ.
މާލޭގެ މަގުތައް ތަރައްގީކޮށް މަރާމާތުކުރުމަށް ހިންގާ "މާލެ ރޯޑް ޕްރޮޖެކްޓް"ގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. މިހާރު މަސައްކަތް ކުރިއަށްދަނީ ދަރުމަވަންތަ ޕާކުން ފެށިގެން އިއްޒުއްދީން މަގާ ހަމައަށް ހިމެނޭ ސަރަހައްދުގައެވެ.
މަގު މަރާމާތުކުރުމުގެ މަސައްކަތްތަކަށް ޓަކައި، އިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައިވާ ޕާކާ ހަމައަށް އަމީނީމަގު މިހާރު ވަނީ ބަންދުކޮށްފައެވެ.
ކޮމެންޓު ފޮނުވާ