2027 ގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް ސަލީމް، ނައިބަކަށް ފަޒާދު

2027 ގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް ސަލީމް، ނައިބަކަށް ފަޒާދު

Author
އަހުމަދު
04 ނޮވެމްބަރ 2026 04:13
0

 

2027 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރުކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އަލުން ހަމަޖައްސައިފި އެވެ. ކޮމިޓީގެ ނައިބު މުގައްރިރުކަމަށް ހަމަޖެއްސީ ފުވައްމުލަކު މެދުދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދެވެ.

ބުދަ ދުވަހު ބޭއްވި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި މި ދެ ނަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް އެވެ. ބައްދަލުވުމަށް ހާޒިރުވި ހުރިހާ މެންބަރުން ވެސް ދެ ހުށަހެޅުމަށް ތާއީދު ކުރެއްވި އެވެ. މިދިޔަ އަހަރުގެ ބަޖެޓް ކޮމިޓީގެ މުގައްރިރުކަން ވެސް ކުރެއްވީ ސަލީމް އެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީ އެކުލެވިގެންވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އިގުތިސާދީ ކޮމިޓީގެ ޖުމްލަ 22 މެންބަރުންނެވެ.

ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ، އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓަށް ވުރެ 4.5 ބިލިއަން ރުފިޔާ ކުޑަ ބަޖެޓެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.