މިއަހަރުގެ ރޯދަ ހަދިޔާ ބެހުމުގެ އެންމެ ފަހުގެ ތައްޔާރީތައް ޓާސްކް ފޯހުން ބަލައިފި

މިއަހަރުގެ ރޯދަ ހަދިޔާ ބެހުމުގެ އެންމެ ފަހުގެ ތައްޔާރީތައް ޓާސްކް ފޯހުން ބަލައިފި

Author
އަހުމަދު
08 ޖެނުއަރީ 2026 09:49
0

ކުރިއަށް އޮތް ރަމަޟާން މަހު ސަރުކާރުން ގޭބިސީތަކަށް ދިނުމަށް ހަމަޖެހިފައިވާ ރޯދަ ހަދިޔާ ބެހުމުގެ އިންތިޒާމުތަކާ ގުޅޭގޮތުން އެކުލަވާލާފައިވާ ޓާސްކް ފޯހުން ޚާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.

މި ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީ، އެސްޓީއޯ، މިފްކޯ އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއިރު، ވަޒީރު ވަނީ ތައްޔާރީތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި މިދިޔަ އަހަރު ރޯދަ ހަދިޔާ ބެހުމުގައި ކަމާބެހޭ މުއައްސަސާތަކުން ދެއްވި އެއްބާރުލުމަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މިއަހަރުވެސް ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މި މަސައްކަތުގެ 75 އިންސައްތަ ނިމިފައިވާކަމަށް ވަޒީރު މީގެ ކުރިން ވިދާޅުވެފައިވާއިރު، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ހަދިޔާ ބެހުމުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމާ ގުޅޭގޮތުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.