ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 10 އަހަރަށް ޖަލަށް

ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 10 އަހަރަށް ޖަލަށް

Author
އަހުމަދު
22 އޮކްޓޯބަރ 2025 10:57
0

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. އީމާން އިބްރާހިމް ރަފީއު ކިޔާ މި މީހާގެ މައްޗަށް މި އަހަރު ކޯޓަށް ހުށަހެޅި މައްސަލައިގައި ސާބިތުވެފައިވަނީ ކުޑަކުއްޖަކަށް ޖިންސީ ނިޔަތުގައި ގަސްތުގައި އަތްލުމުގެ ކުށެވެ. ކުއްޖާގެ ވަނަވަރު ހާމަވާތީ މައްސަލައިގެ ތަފްސީލު ކޯޓުން ސިއްރުކޮށްފައިވެއެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައިވާ ގޮތުން މި ކުށުގެ ސަބަބުން 10 އަހަރާއި 14 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އިއްވިދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.