އެމްޑަބްލިޔުއެސްސީން ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ކުރަމުންދާ ކުންފުނީގެ ޓީމްތަކުން ފަތުރުވެރިކަމުގެ ދާއިރާގައިވެސް މަސައްކަތް ކުރެވިދާނެކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ އަބުދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އެ ކުންފުނިން ޑޮލަރު ހޯދުމަށް ފަތުރުވެރިކަމުގެ ދާއިރާއާ ގުޅިގެން ކުރަންމުންދާ މަސައްކަތްތަކާ ގޮތުން ވާހަކަ ދައްކަވަމުންނެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަމަ ދައްކަވަމުން މަތީން ވިދާޅުވީ، މަތީ ވިދާޅުވީ މި މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، ކުންފުންޏަށް 30 އަހަރުވީއިރު، މިހާތަނަށް ޑޮލަރު ލިބޭނެ ވަސީލަތްތަކެއް ގާއިމް ވެފައި ނެތް ކަމަށެވެ.
މަތީން ވިދާޅުވީ މިހާރުގެ މެނޭޖްމެންޓާއި ބޯޑުގެ މައިގަނޑު އަމާޒަކީ ޑޮލަރުން އާމްދަނީ ލިބޭނެ ވަސީލަތްތައް ހަމަޖެއްސުން ކަމެވެ. އެގޮތުން މި މަޤްސަދު ހާސިލްކުރަން ދެ ދާއިރާއަކުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ފުރަތަމައަކީ ޑޮލަރުން އާމްދަނީ ލިބޭ ކަސްޓަމަރުންނާއި، ޚާއްސަކޮށް ރިސޯޓުތަކާއި މާފުށީގައި ތިބި ފަރާތްތަކާ ޑޮލަރުން ފައިސާ ދައްކަން އެއްބަސްވެވިދާނެތޯ ދިރާސާކުރުމެވެ. ދެވަނައަކީ ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް އުފައްދާފައިވާ އެމްޓީޑީސީއާ ގުޅިގެން މަސައްކަތްކުރުމެވެ.
މަތީން ފާހަގަކުރެއްވި ގޮތުގައި، ނާގޮށީގެ މަސައްކަތް ފެށިފައިވާއިރު، އެކުންފުނީގެ މަސައްކަތްތަކުގައި އެމްޑަބްލިއުއެސްސީން ބައިވެރިވެވިދާނެތޯ ބަލަމުންދާއިރު، ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ކުރަމުންދާ ކުންފުނީގެ ޓީމްތަކުން ފަތުރުވެރިކަމުގެ ދާއިރާގައިވެސް މަސައްކަތް ކުރެވިދާނެއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާނަމަ ވަރަށް ބޮޑު އިތުބާރެއް ލިބިގެންދާނެ ކަމަށާއި، ރަނގަޅު އިންޖިނިއަރިން ޓީމެއް އޮތް ކުންފުންޏެއްގެ މަސައްކަތަށް އިތުބާރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑޮލަރުގެ އަގު ބޮޑުވެގެންދިއުމުން ހިދުމަތްދިނުމަށް ކުރަންޖެހޭ ހަރަދު ބޮޑުވެގެންދާއިރު، އެ ހަރަދު ބޮޑުވުން އާންމު ރައްޔިތުންނާ ހަމައަށް ސަރުކާރުން ނުފޯރުވާ ކަމަށާއި، އެ ހަރަދުތައް ކުންފުނީގެ ތެރެއިން އެބްޒޯބް ކުރަންޖެހޭ ކަމަށް މަތީން ވިދާޅުވިއެވެ. އެމްޑަބްލިއުއެސްސީއަކީ އިންތިހާއަށް ޑޮލަރު ބޭނުންވާ ކުންފުންޏަކަށްވާއިރު، އަހަރެއްގެ މައްޗަށް 25 މިލިއަން ޑޮލަރު ހާކަށް ރާއްޖެއިން ބޭރުން ބޭނުންވާ އެއްޗެހި ހޯދަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ