އީރާނުގެ ސުޕްރީމް ލީޑަރު ޚާމެނެއީ އަވަހާރަ ކޮށްލުމުގެ ވާހަކަ ދައްކަންވެސް ޕުޓުން ބޭނުމެއް ނުވި

އީރާނުގެ ސުޕްރީމް ލީޑަރު ޚާމެނެއީ އަވަހާރަ ކޮށްލުމުގެ ވާހަކަ ދައްކަންވެސް ޕުޓުން ބޭނުމެއް ނުވި

Author
ހުސައިން
19 ޖޫން 2025 09:06
0

އެމެރިކާއިން އީރާނުގެ ލީޑަރު އަވަހާރަ ކޮށްލުމުގެ ފުރުސަތާ ބެހޭގޮތުން "ވާހަކަ ދެއްކުމަށް ވެސް" އޭނާ ބޭނުން ނުވާ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕިއުޓިން ވިދާޅުވެއްޖެއެވެ.

މި ވާހަކަފުޅު ޕިއުޓިން ދެއްކެވީ ބުދަ ދުވަހު ސެންޓް ޕީޓާސްބާގްގައި ބޭއްވި އިގްތިސާދީ ކޮންފަރެންސެއްގެ ތެރެއިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ޢަލީ ޚާމެނެއީ އަވަހާރަ ކޮށްލުމަށް އިސްރާއީލުން ހުށަހެޅި ޕްލޭނެއް ދޫކޮށްލި ކަމުގެ ރިޕޯޓްތައް ނެރުނު ފަހުންނެވެ.

އީރާނާއެކު ރަޝިޔާގެ "ސްޓްރެޓީޖިކް ޕާޓްނަރޝިޕް" އާ ބެހޭ އެހެން ސުވާލަކަށް ޖަވާބު ދެއްވަމުން ޕިއުޓިން ވިދާޅުވީ އެ އެއްބަސްވުމުގައި "ދިފާޢީ އެއްބާރުލުމާ ބެހޭ މާއްދާއެއް ހިމެނިފައި ނުވާ" ކަމަށެވެ.

މި ވާހަކަފުޅުތަކުން ދައްކުވައިދެނީ މެދު އިރުމަތީގެ ސިޔާސީ ހާލަތުގައި ރަޝިޔާ އަދި އެމެރިކާގެ ދައުރާ ބެހޭގޮތުން އުފެދިފައިވާ ސުވާލުތަކެވެ. ޕިއުޓިންގެ ވާހަކަފުޅުތަކުން ފާހަގަކުރެވެނީ މި ސަރަހައްދުގެ ބާރުތަކުގެ ދެމެދުގައި އޮތް މައްސަލައިގެ ނާޒުކުކަން ރަޝިޔާއިން ގަބޫލުކުރާ ކަމެވެ. އަދި މިހާރު ހިގަމުންދާ ހަނގުރާމައިގެ ތެރެއަށް އަސްކަރީގޮތުން ވަނުމަށް ރަޝިއާއިން ބޭނުން ނުވާކަމަށްވެސް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.