"ވާނުވާ" ބަންދުގައި ތިބި މީހުން އިލެކްޓްރޯނިކް ޓެގް އެޅުވުމަށްފަހު، ޝަރުތުތަކާއެކު ދޫކުރަން ފަށައިފި

"ވާނުވާ" ބަންދުގައި ތިބި މީހުން އިލެކްޓްރޯނިކް ޓެގް އެޅުވުމަށްފަހު، ޝަރުތުތަކާއެކު ދޫކުރަން ފަށައިފި

Author
ހުސައިން
28 މެއި 2025 08:24
0

"ވާނުވާ" ބަންދުގައި، ނުވަތަ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން އިލެކްޓްރޯނިކް ޓެގް އެޅުވުމަށްފަހު، ކޯޓުން ކަނޑައަޅާ ޝަރުތުތަކާއެކު މިއަދު ދޫކުރަން ފަށައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތައް ހައްލުކުރުމަށް ދައުލަތުގެ އިދާރާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތުގެ ދަށުން، އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއް މެދުވެރިކޮށް ބަންދަށް ލުއި ދިނުމުގެ ޕްރޮގްރާމް މިއަދު ފެށިފައިވާ ކަމަށެވެ.

"މިއަދު ފެށުނު މި މަސައްކަތުގެ ސަބަބުން ޒަމާންވީ މި މައްސަލައަށް ހައްލުތަކެއް ލިބި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ބަންދަށް ލުއިތަކެއް ދެވޭނެ،" ކަމަށް ރައީސް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ދަށުން ކޯޓުން ކަނޑައަޅާ ޚާއްސަ ޝަރުތުތަކާއެކު، އިލެކްޓްރޯނިކް ޓެގް އެޅުވުމަށްފަހު ބަންދުގައި ތިބި ބައެއް މީހުން ދޫކުރެވޭނެއެވެ. މިއީ "ވާނުވާ" މައްސަލައިގައި ދިގު މުއްދަތަކަށް ބަންދުގައި ތިބި މީހުންނަށް ލުއެއް ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ބައެކެވެ.

ތަފްސީލް އަންނަނީ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.