ސްޓެލްކޯއިން މިއަދު ހާމަކުރި ގޮތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 11 ގައި މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، މިކަމާ ގުޅިގެން މާދަމާ (28 އެޕްރީލް 2025) ހޯމަ ދުވަހު ވަގުތީގޮތުން ކަރަންޓު ޚިދުމަތް މެދުކެނޑޭނެ ކަމަށެވެ.
ސްޓެލްކޯގެ ބަޔާނުގައި ބުނެފައިވާ ގޮތުން، މާދަމާ ހެނދުނު 9:00 އިން ހަވީރު 5:00 އާ ދެމެދު، ހިޔާ ޓަވަރު 11 ގެ ކޮންމެ އެޕާޓްމަންޓަކުންވެސް ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް ލަފާކުރެވެއެވެ. މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ޓަވަރުތައް ވަނީ ދުވަސްތަކަކަށް ބަހާލެވިފައެވެ.
މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ. ކުންފުނިން ފާހަގަކޮށްފައިވާ ގޮތުގައި، ކަރަންޓުގެ ޚިދުމަތް ރަނގަޅުކޮށް ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ސްޓެލްކޯއިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މީގެ އިތުރުން، ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލޭގައި އިތުރު އިންޖީނުތަކެއް ވެސް އޮޕަރޭޝަނަށް ތައްޔާރުކޮށްފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ