ލ. ފޮނަދޫގައި އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި އިމާމުވެ އީދު ކުރެއްވީ އަބުދުއްރަހީމް

ލ. ފޮނަދޫގައި އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި އިމާމުވެ އީދު ކުރެއްވީ އަބުދުއްރަހީމް

Author
ހުސައިން
30 މާރޗް 2025 08:37
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މިއަދު އެމަނިކުފާނުގެ އުފަން ރަށް ލ. ފޮނަދޫގައި އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި އިމާމުވެ އީދު ކުރައްވައިފިއެވެ.

ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތިތެރޭގައި ބޭއްވުނު މި ޖަމާއަތުގައި އިމާމުވެ އީދުނަމާދު ކުރެއްވި މިއީ އަބްދުއްރަހީމް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް ވަޑައިގަތުމަށްފަހު އީދު ނަމާދު ކުރެއްވި ފުރަތަމަ ފަހަރެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މީގެކުރިން ވެސް ފޮނަދޫގެ މަސްޖިދުލް ޢުލާގައި އިމާމުވެވަޑައިގެން ހުކުރު ނަމާދު ކުރައްވާފައިވެއެވެ. އަބުދުއްރަހީމްއަކީ ހުކުރު ކުރެއްވުމުގެ ހުއްދަ އޮންނަ ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.