ރާއްޖޭގެ އުފެއްދުންތެރިންގެ ދަފްތަރެއް އެކުލަވާލަނީ

ރާއްޖޭގެ އުފެއްދުންތެރިންގެ ދަފްތަރެއް އެކުލަވާލަނީ

Author
ޙަސަން މުޙައްމަދު
28 ޖުލައި 2024 11:59
0

ރާއްޖޭގައި ބޭނުންކުރުމަށާއި ރާއްޖެއިންބޭރަށް އެކްސްޕޯޓް ކުރުމަށް ތަފާތު ބާވަތްތައް އުފައްދާފަރާތްތަކުގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ފަށައިފިއެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވައިލެވޭ މިދަފްތަރު އެކުލަވައިލުމުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގައި ވިއްކައިގެންނާއި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކޮށްގެން އާމްދަނީ ހޯދުމަށް ތަކެތި އުފައްދާ ފަރާތްތަކުގެ މަޢުލޫމާތު ދެނެގަނެ، އެ ފަރާތްތަކުގެ މަސައްކަތް ކުރިއަރުވަން މަގުފަކޮށްދިނުމެވެ. އެގޮތުން ރާއްޖެއިން ބޭރުގެ މާކެޓްތަކަށް އެކްސްޕޯޓުކުރެވޭނެ އުފެއްދުންތައް ދެނެގަނެ، ރާއްޖެއާއި އެކު މިނިވަންވިޔަފާރީގެ އެއްބަސްވުން ނުވަތަ އެނޫންވެސް ވިޔަފާރީގެ އެއްބަސްވުންތަކަށް ވަދެފައިވާ ގައުމުތަކަށް އެ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް ހުރި ފުރުސަތުތައް ބަލައި އެފުރުސަތުގެ ބޭނުން ހިފުމަށް މަގުފައިކޮށްދިނުމެވެ. މީގެ އިތުރުން މިފަދަ މަސައްކަތްތައް ކުރާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެކި ސިޔާސަތުތައް މެދުވެރިކޮށް އެ ގޮންޖެހުންތަކަށް ހައްލުހޯދައިދީ ދިވެހި މަސައްކަތްތެރިންގެ އުފެއްދުންތެރިކަން އިތުރުކުރުމެވެ.

ދިވެހި އިގްތިސާދު ސިންދަފާތުކޮށް އުފެއްދުންތެރިކަށް އިތުރުކޮށް އެކްސްޕޯޓު އިތުރުކުރުމަކީ ސަރުކާރުގެ ވަރަށްބޮޑު އަމާޒެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.