ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ލައުންޖުތައް މާލެ އާއި ހުޅުމާލޭގައި ހުޅުވައިފި

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ލައުންޖުތައް މާލެ އާއި ހުޅުމާލޭގައި ހުޅުވައިފި

Author
އަހުމަދު
19 ނޮވެމްބަރ 2026 01:48
0

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ރައީސް އޮފީހުގެ ދަށުން އުފެއްދި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ (ސީސީބީ)ގެ ދެ ލައުންޖެއް މާލެ އާއި ހުޅުމާލޭގައި ހުޅުވައިފި އެވެ.

ރައީސް އޮފީހުން ބުނީ މާލޭގެ ލައުންޖް ހުންނަނީ ހެންވޭރު ފެރީ ޓާމިނަލްގައި ކަމަށާއި ހުޅުމާލޭގެ ލައުންޖް ހުންނަނީ ފޭސް 1 ގެ އުމަރު ޒާހިރު ބިލްޑިންގެ ގްރައުންޑް ފްލޯގައި ކަމަށެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް މި ދެ ތަނުގެ ހިދުމަތް ލިބޭނެ އެވެ. ކައިރި މުސްތަގުބަލެއްގައި ހުޅުމާލޭގެ ފޭސް 2 ގައި ވެސް ލައުންޖެއް ހުޅުވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއް ފުއްދުމުގެ ގޮތުން ސީސީބީ އުފެއްދެވީ މިދިޔަ އެޕްރީލް 16 ގަ އެވެ. ބިއުރޯގެ ދަށުން "ސިޓިޒަންސް ވޮއިސް" ގެ ނަމުގައި ވެބް ޕޯޓަލެއް ހިންގަމުން ދާއިރު، 24 ގަޑިއިރު ހިދުމަތް ދޭ ކޯލް ސެންޓަރުގެ ހިދުމަތް ހޮޓްލައިން 1470 މެދުވެރިކޮށް ލިބެން ހުރެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.