މިއަހަރު ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން،  މިއީ ވޭތުވެދިޔަ އަހަރަށްވުރެ 3.1 އިންސައްތަ ދަށް އަދަދެއް

މިއަހަރު ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން، މިއީ ވޭތުވެދިޔަ އަހަރަށްވުރެ 3.1 އިންސައްތަ ދަށް އަދަދެއް

Author
އަހުމަދު
19 ނޮވެމްބަރ 2026 01:58
0

މިއަހަރު މިހާތަނަށް ރާއްޖެއަށް 1,900,838 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި 1,961,566 ފަތުރުވެރިންނަށްވުރެ 3.1 އިންސައްތަ މަދު އަދަދެކެވެ.

ނޮވެމްބަރު މަހުގެ މިހާތަނަށް 103,778 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ވޭތުވެދިޔަ އަހަރުގެ ނޮވެމްބަރު މަހު ޖުމްލަ 196,954 ފަތުރުވެރިން ރާއްޖެ އައެވެ. މިމަހު ދުވާލަކު އެވްރެޖްކޮށް 5,000 އާއި 6,000 އާ ދެމެދުގެ ފަތުރުވެރިން އަންނައިރު، އެންމެ ގިނައިން އައީ 15 ނޮވެމްބަރު، އާދިއްތަ ދުވަހުއެވެ. އެދުވަހު 7,103 ފަތުރުވެރިން ރާއްޖެ އައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓްތަކުގެ ތެރޭގައި އެއްވަނާގައި އަދިވެސް އޮތީ ޗައިނާއެވެ. ދެވަނައިގައި ރަޝިއާ، ތިންވަނައިގައި ބްރިޓަން، ހަތަރުވަނައިގައި ޖަރުމަނު އަދި ފަސްވަނައިގައި އިޓަލީ އޮތްއިރު، ކުރިން ގިނައިން ފަތުރުވެރިން އައި އިންޑިއާ އޮތީ ހަވަނައިގައެވެ. ފަތުރުވެރިން އެންމެ ގިނައިން ހުންނަނީ ރިސޯޓުތަކުގައި ކަމަށާއި، އޭގެ ފަހުން ގެސްޓްހައުސްތަކާއި ހޮޓާތަކުގައި ކަމަށް ތަފާސ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.