ޕީއެންސީއަށް މަސައްކަތްކުރި ޖަލީލް، 4 އަހަރާއި 9 މަހަށް އެމްޑީޕީން ސަސްޕެންޑްކޮށްފި

ޕީއެންސީއަށް މަސައްކަތްކުރި ޖަލީލް، 4 އަހަރާއި 9 މަހަށް އެމްޑީޕީން ސަސްޕެންޑްކޮށްފި

Author
އަހުމަދު
19 ނޮވެމްބަރ 2026 01:53
0

ފ. ފީއަލީ ކައުންސިލްގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޖަލީލް، 4 އަހަރާއި 9 މަސް ދުވަހުގެ މުއްދަތަށް އެމްޑީޕީން ސަސްޕެންޑްކޮށްފިއެވެ.

ޖަލީލާ މެދު ފިޔަވަޅު އަޅާފައިވަނީ، މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކޮށްދިން މައްސަލައިގައެވެ. އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީ ނިންމި ގޮތުން، މި މުއްދަތުގައި ޖަލީލަށް ޕާޓީގެ އެއްވެސް މަޤާމަކަށް ކުރިމަތިލުމާއި، ޕާޓީގެ ޓިކެޓުގައި ޤައުމީ އިންތިޚާބެއްގައި ވާދަކުރުން މަނާވާނެއެވެ. މި ފިޔަވަޅު އަޅާފައިވަނީ ޕާޓީގެ ފިޔަވަޅު އެޅުމާއި އިސްތިއުނާފުކުރުމުގެ ޤަވާއިދުގެ 28 ވަނަ މާއްދާގެ ދަށުންނެވެ.

ކުރިން އެމްޑީޕީގެ ޓިކެޓުގައި ސިޔާސީ މަޤާމުތައް ފުރުއްވާފައިވާ ޖަލީލާ މެދު ޕާޓީއާއި މެންބަރުންނަށް އިތުބާރާއި އުންމީދު އޮތް ކަމަށް ކޮމިޓީން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ފީއަލީ ކައުންސިލަށް ވާދަކުރި އެމްޑީޕީގެ ރަސްމީ ކެންޑިޑޭޓުން ހޮވުމަށް އޭނާ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ކޮމިޓީން ބުނެއެވެ.

އޭގެ ބަދަލުގައި، ޕީއެންސީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތަކުގައި ޖަލީލް ސީދާ ބައިވެރިވެ މަސައްކަތްކޮށްދީފައިވާ ކަން، ހުށަހެޅުނު ހެކިތަކުން ސާބިތުވާ ކަމަށް ވެސް ކޮމިޓީގެ ނިންމުމުގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.