ތަހުގީގުގެ މައުލޫމާތު ހިއްސާކުރުމަކީ އިތުބާރު ދެމެހެއްޓޭނެ ގޮތް: ސީޕީ

ތަހުގީގުގެ މައުލޫމާތު ހިއްސާކުރުމަކީ އިތުބާރު ދެމެހެއްޓޭނެ ގޮތް: ސީޕީ

Author
އަހުމަދު
19 ނޮވެމްބަރ 2026 02:02
0

ތަހުގީގުކުރަމުންދާ މައްސަލަތަކުގެ މައުލޫމާތު، ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކާއި މައްސަލަ ހުށަހަޅާ ފަރާތްތަކާ ގަވާއިދުން ހިއްސާކުރުމަކީ ފުލުހުންނަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށް މުހިންމު ކަމެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވީ ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގުގައި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ އިސް އޮފިސަރުންނާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ސީޕީ ވިދާޅުވީ އަނިޔާ ލިބޭ ފަރާތްތަކާ މުއާމަލާތްކުރާއިރު އޯގާތެރިކަމާއި، އިހުތިރާމާއި، ޕްރޮފެޝަނަލިޒަމް އިސްކުރަން ޖެހޭ ކަމަށެވެ. އަދި ހެކީގެ ރައްކާތެރިކަމަށް އުނިކަމެއް ނާންނާނެ ގޮތަށް ތަހުގީގުތައް އަވަސްކޮށް، ނުނިމި ހުރި މައްސަލަތައް މަދުކުރުމަށް ވެސް ސީޕީ އިރުޝާދު ދެއްވިއެވެ.

ސީޕީ އިތުރަށް އެދިވަޑައިގެންނެވީ ކޮމްޕްލެކްސް ކުށްތައް ތަހުގީގުކުރުމަށް އޮފިސަރުންގެ ގާބިލުކަން އިތުރުކޮށް، ޒަމާނީ ޓެކްނޮލޮޖީއާއި އިންޓެލިޖެންސް އަދި ފައިނޭންޝަލް އެނަލިޓިކްސްގެ ބޭނުން ފުޅާކޮށް ހިފުމަށެވެ.

ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑަކީ ބޮޑެތި ޖިނާއީ ކުށްތަކާއި ޚާއްސަ މައްސަލަތައް ތަހުގީގުކުރާ ފުލުހުންގެ މައި ބައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.