ލައިވްބްލޮގް: ފަލަސްތީނުގެ މަޝްރަހު

ލައިވްބްލޮގް: ފަލަސްތީނުގެ މަޝްރަހު

Author
ޢަލީ އާދަމް
11 އޮކްޓޯބަރ 2023 05:58
0

ގާޒާގައި ހުރި ފެނާއި ކާބޯތަކެތީގެ ސްޓޮކު ކުރިއަށް އޮތް 12 ދުވަހުގެ ތެރޭގައި ހުސްވާނެ: އދ.

October 11, 2023 2:19 pm

October 11, 2023 2:16 pm

މިއަދު މެންދުރު ފަލަސްތީނުގެ ޣައްޒާ އިން އެއްކޮށް ކަރަންޓު ކެނޑޭނެ ކަމަށް ޣައްޒާގެ އެނާޖީ އޮތޯރިޓީން ބުނެފި.

October 11, 2023 2:15 pm

October 11, 2023 2:10 pm

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި، އިސްރާއީލްގެ ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު ވަނީ 950 އަށް އަރާފައި. މި ހަމަލާތަކުގައި ފަލަސްތީނުގެ 5،000 އަށް ވުރެ ގިނަ މީހުންނަށް އަނިޔާ ލިބިފައި.

October 11, 2023 2:07 pm

އިޒްރޭލުގެ ރައްޔިތުން މެދުއިރުމަތީގެ ގައުމުތަކަށް ދަތުރުކުރުން މެދުކަނޑާލުމަށް އަންގައިފި.

October 11, 2023 6:15 am

October 11, 2023 6:13 am

ހަމާސްއިން އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ފެށި "އަގްސާ ތޫފާން" އޮޕަރޭޝަންގައި ހަމާސްގެ މުޖާހިދުންވަނީ ޣައްޒާ ހުރަސްކޮށް އިސްރާއީލުގެ އެތެރެއަށް ވަދެ އިސްރާއީލުގެ އެތައް އަވަށަކާއި އިސްރާއީލު ސިފައިންގެ އަސްކަރީ މަރުކަޒުތަކެއް ހިފާފައެވެ.

އިސްރާއީލްގެ ޔަހޫދީންނާއި ދެކޮޅަށް ހަމާސް ޖަމާއަތުން ކުރަމުން އަންނަ މި ހަނގުރާމައަކީ ޔަހޫދީންނަށް ކުއްލި ސިހުމެއް ގެނެސްދިން ކަމެކެވެ. ޔަހޫދީން ވަޒަންވެރިވެގެން ތިބޭ އެތަކެއް ތަނަކަށް ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން ވަދެފައިވާއިރު، ހަމަލާތަކުގައި ގިނަ ބަޔަކު ވެސް ވަނީ މަރާލާފައެވެ.

ހަމާސްއިން ފޮނުވާލި ހަމަލާއާއި ގުޅިގެން އިސްރާއީލުން ވެސް ވަނީ ބަދަލު ހިފުމަށް ހަމަލާތަކެއް ދީފައެވެ. އަދި ބައެއް ގައުމުތަކުން އިސްރާއީލާއި އެއްކޮޅަށް އަރާފައިވާއިރު، ޣައްޒާއަށް އެހީދެމުން ދިޔަ ބައެއް ގައުމުތަކުން ވަނީ އެހީ ދިނުން ވެސް ހުއްޓާލާފައެވެ.

ހަނގުރާމައިގެ ތެރޭގައި ޔަހޫދީންގެ ޔަހޫދިންގެ އެތައްބަޔަކު މަރުވެފައި ވާއިރު ގިނަ އަދަދެއްގެ ޔަހޫދީން ހަމާސްގެ އަތްދަށުގައި ރަހީނުވެފައި ވެއެވެ. މީގެ އިތުރުން ފަލަސްތީނުގެ ގިނައަދަދެއްގެ އާންމު ރައްޔިތުން ވެސް ވަނީ ޝަހީދުވެފައެވެ.

ހަމާސްގެ އިތުރުން ލުބުނާނުގެ ހިޒްބުއްﷲ ހަނގުރާމަވެރިންވެސް މިހާރު އަންނަނީ އިސްރާއީލާއި ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.